އިހަވަންދޫ ރަސްމީ ފާލަން މޮނިއުމެންޓް ތަފާތު | ރައްޔިތުންގެ ހިޔާލަށް

ފާލަން ހަދާން ނިންމާފައިވަނީ މަސް ދޯންޏެއްގެ ޑިޒައިނަށެވެ. އެތެރޭގައި ވީއައިޕީ ލައުންޖު ދެ ބައިވެސް ހިމެނޭ ގޮތަށެވެ. އަދި މަތީގައި ރެސްޓޯރެންޓެއްވެސް އިންނަ ގޮތަށެވެ.

އިހަަވަންދޫގައި ހަދަން މަސައްކަތް ކުރާ ރަސްމީ ފާލަން އަދި މޮނިއުމެންޓުގެ ތްރީޑީ ކުރެހުމެއް

ކޮންމެ ރަށެއްގައި ވެސް ހަދާ ރަސްމީ ފާލަމަކީ ތަފާތު ތަނަކަށް ހަދަން އެ ރަށަކުން ބޭނުންވެ އެވެ. ގިނަ ރަށްރަށުގައި ފާލަން ހަދަނީ އެ ރަށެއް ހާއްސަވާ ކޮންމެވެސް ޑިޒައިނަކަށެވެ. މިގޮތުން ހއ. އިހަވަންދޫ އިން ވެސް މިވަނީ މަސްވެރި މިރަށަށް ހާއްސަ ފާލަން ހަދަން ހެދި ޑިޒައިން ފައިނަލްކޮށް ރައްޔިތުންގެ ހިލާފަށް ހުޅުވާލާފަ އެވެ. 

ރަސްމީ ފާލަން އަދި މޮނިއުމެންޓުގެ ގޮތުގައި އިހަވަންދޫ ކައުންސިލުން ދައްކާލި ފަރުމާއިން ސިފަވަނީ އެންމެ އިހުޒަމާނުގެ މަސް ދޯންޏެކެވެ. ނަމަވެސް މި މަސް ދޯނި ފަރުމާކޮށްފައިވަނީ މި ޒަމާނުގެ ވީއައިޕީ ލައުންޗަކުން ލިބޭނެ އެންމެ ފުރިހަމަ ހިދުމަތް ތަކާއެކުގަ އެވެ. 

އިހަވަންދޫ ކައުންސިލުން ރައްޔިތުންގެ ހިލާފަށް ހުޅުވާލި ރަސްމީ ފާލަން އަދި މޮނިއުމެންޓުގެ ފަރުމާކޮށްފައިވަނީ ޖެޓީއަކާއެކު ލައުންޗުގެ ބައެއް ވެސް ހިމެނޭ ގޮތަށެވެ. ފާލަމުން ރަށަށް އަރާ ފައިބާ މީހުންނަށް ފަސޭހަވާނެ ގޮތަކަށެވެ. ރީތިކޮށް ފަރުމާކޮށްފައިވާ މި ފާލަމްގެ މަތީގައި ރެސްޓޯރެންޓެއް ވެސް ހުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.