މިފަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބުނު ފަސް ޕާޓީއަކީ އިދިކޮޅު އެމްޑީޕީއާއި، ވެރިކަން ކުރާ ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ ފަސް ޕާޓީއަކަށް 27.9 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފި އެވެ.
މިފަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބުނު ފަސް ޕާޓީއަކީ އިދިކޮޅު އެމްޑީޕީއާއި، ވެރިކަން ކުރާ ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުން ފައިސާ ލިބޭނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓު ފާސްކުރުމާ ހަމައަށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އެ ޕާޓީތަކަށް ފައިސާ ދޫކުރާނީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެންނެވެ.
މި ފަސް ޕާޓީއަށް ފައިސާ ދޫކޮށްފައި ވަނީ މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުންނެވެ.
ގިނަ ދުވަސްތަކެއް ވާންދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީއަކީ މިހާރު ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ހިންގި ކެމްޕޭނުގައި އެޕާޓީއަށް މެންބަރުން އިތުރުކޮށް، އެންމެ މެންބަރުން ގިނަ ޕާޓީއަށް ވެފައިވެ އެވެ.
އެގޮތުން ޕީއެންސީގައި މިވަގުތު 68،665 މެންބަރުން ތިބި ކަމަށް އީސީގެ ދަފްތަރުން ދައްކަ އެވެ. އެމްޑީޕީގައި ތިބީ 43،765 މެންބަރުންނެވެ.