އެޑްވަޓޯރިއަލް

އަތްމަތި ތަނަވަސް ނޫން މީހާއަށް ތަކާފުލްގެ އެހީތެރިކަންމާ ބޮޑު

މިހާރު ލައިފް ސްޓައިލަށް އައިސްފައިވާ ބޮޑު ބަދަލާއެކު އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ގިނަ އަގު ބޮޑެތި ތަކެތި ހޯދަން މަޖުބޫރުވެއެވެ މިފަދަ ތަކެއްޗަށް ލިބޭ ގެއްލުން ކަވަރު ކޮށްދޭ ތަކާފުލް ޕްލޭންތައް އެބަހުއްޓެވެ.

މާލެއަށް ފެން ބޮޑުވި ދުވަހެއްގައި ސައިކަލްތަކެއް ފެނުގައި : މިފަދަ ގެއްލުންތަކުން ލިބޭ ގެއްލުމަށް ތަކާފުލް އިން އެހީތެރިކަން ލިބޭ -- ދަ މިރާ

ފްލެޓް ލިބި އެތަނަށް ބަދަލުވާއިރު އާ އެއްޗެހި ހޯދައެވެ. އިންސްޓޯލްމަންޓަށް ނަމަވެސް އާ ބެޑްރޫމް ސެޓްތަކާއި ހިފާ ގެންގުޅޭ އަގުބޮޑު ސާމާނު ހޯދަ އެވެ. ނަމަވެސް ކަމެއް ހިނގާނެ ކަމަށް ގިނަ ފަހަރު ތައްޔާރު ނުވުމުގެ ނަތީޖާއަކީ ގެއްލުންވާ ވަގުތު ފޫބަށްދަން ދަތިވުމެވެ. މީގެ ކުޑަ މިސާލަކީ ދާދިފަހުން ހިނގާފައިވާ މިފަދަ ހާދިސާ ތަކެވެ. ފްލެޓު ރީތިކޮށް ހަދައި ފްލެޓަށް ވަތްތާ މާގިނަ ދުވަހެއް ނުވެ އަލިފާން ރޯވެ ގެއްލުންވިއެވެ. ފްލެޓު އެއްކޮށް ނޭނގި ނަމަވެސް ހިފާ ގެންގުޅޭ އަގު ބޮޑު ސާމާނަށް ގެއްލުންވި އެވެ.

މިހާރު ލައިފް ސްޓައިލަށް އައިސްފައިވާ ބޮޑު ބަދަލާއެކު އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ގިނަ އަގު ބޮޑެތި ތަކެތި ހޯދަން މަޖުބޫރުވެ އެވެ. މި ތަކެއްޗަކީ ކޮންމެހެން ބޭނުން ވެގެން ހޯދާ ތަކެއްޗެކެވެ. މިސާލަކަށް މި ޒަމާނުގައި ސައިކަލަކީ ގާތްގަނޑަކަށް ޒަރޫރީ އެއްޗަކަށް ވެއްޖެ އެވެ. އަދި ގެއަށް ހޯދާ ޓީވީ އާއި ދޮންނަމެޝިން ފަދަ ތަކެއްޗާ ނުލައި މިހާރު ނޫޅެވެ އެވެ. މިފަދަ ގިނަ ތަކެއްޗަކީ އަގުގެ ގޮތުން ބަލާނަމަ އެހާ އަގު ހެޔޮ އެއްޗިއްސަކަށް ވެސް ނުވެ އެވެ. 

ސުވާލަކީ މިފަދަ ގެއްލުންތަކަށް ތައްޔާރުވެ އޭގެ ބަދަލު ލިބޭނެ ތަކާފުލް (އިސްލާމިކް އިންޝުއަރެންސް) ޕްލޭނެއް ނަގައިގެން ތިބިނަމަ ނަތިޖާ ކިހިނެއްވާނެ ހެއްޔެވެ ؟ އެ ފަދަ ކަންކަމަށް ޚާއްސަ ތަކާފުލް ހުރޭ ހެއްޔެވެ ؟

ރާއްޖޭގައި މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަން ވެސް ހިންގައެވެ. މިފަދަ ހުރިހާ ކަމަކުން ބަދަލުހޯދައިދޭނެ ޝަރީޢާ ހުއްދަ ކުރާ ތަކާފުލްގެ ހިދުމަތްތައް ރާއްޖޭގައި އެބަހުއްޓެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ހިދުމަތްތައް ގިނައިން ނަގަނީ މުއްސަނދިންނެވެ. އެކަމަކު ހަގީގަތުގައި މިކަން އޮންނަން ޖެހޭ ގޮތަކީ މި ނަގަން ޖެހެނީ ދިރިއުޅުން އެ އެއްޗެއްގެ މައްޗަށް ބަރޯސާ ވެގެން ދިރިއުޅެމުންދާ އަތްމަތި އެހާ ތަނަވަސް ނޫން މީހުންނެވެ. މުސާރައިން ދެކޮޅު ޖެހޭ ނުޖެހޭ ވަރުގައި އުޅޭ މީހުންނެވެ. ބައެއް މީހުން ގެންގުޅޭ ދޯންނާއި ކުދި ޑިންގީ އަދި ލޯންޗުގެ އިތުރުން ޢާއިލާ ގުޅިގެން ހިންގާ ފިހާރަ އާއި ގެސްޓްހައުސް ތަކަކީ އެ މީހުންގެ މުޅި ދިރިއުޅުމެވެ. ޢާއިލާއާ ދަރިންނަށް ކާންބޯން ދެނީ މި ތަކެތިން ހޯދާ ނުވަތަ ލިބޭ އާމްދަނީންނެވެ. މި ފަދަ މީހަކު ބޭނުންކުރާ މި ފަދަ އުޅަނދަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ ދިރިއުޅުން ހުއްޓެ އެވެ.

އެޕާޓްމަންޓެއްގެ ތެރޭ އަލިފާން ރޯވެ ހަލާކުވެފައި

މިސާލަކަށް ދޯނި ފެތުނީ އެވެ. ނޫނީ ރޯވީ އެވެ. ނުވަތަ މޫސުން ގޯސްވެ ގެސްޓްހައުސްއަށް ނުވަތަ ގޭގައި ގެންގުޅޭ އެއްޗެއްސަށް ގެއްލުމެއްވީ އެވެ. ނުވަތަ ދުއްވާ އަމިއްލަ ސައިކަލު ޕާކުކޮށްފަ ހުއްޓާ ސައިކަލު މައްޗަށް އެއްޗެއް ވެއްޓި ހަލާކުވީ އެވެ. މި ފަދަ ހާލަތެއްގައި އަލުން ސައިކަލެއް ހޯދަން ވެއްޖެނަމަ ޖެހޭނީ ދަރަނީގެ ކޮންމެވެސް ހިދުމަތެއް ނަގައިގެން އެ ހޯދާށެވެ. ނުވަތަ އެ ހޯދާފައި ހުންނަނީ ކޮންމެ ވެސް އިންސްޓޯލުމަންޓް ސްކީމަކުންނެވެ. އެހެންވެ މިފަދަ ހާދިސާއަކުން ގެއްލުންވެއްޖެނަމަ އުޅަނދުގެ ވެރިފަރާތައް އިތުރު މައްސަލަތަކެއް ކުރިމަތިވެ އެވެ.

ތަކާފުލުގެ ފައިދާ އެނގޭ ހިސާބަކީ މިއީ އެވެ. މަސްވެރިކަމަށް ނުވަތަ ޓެކްސީ ކުރަން ބޭނުންކުރާ އުޅަނދަކަށް ގެއްލުމެއް ވެއްޖެނަމަ އެ މީހެއްގެ އާމްދަނީ އެއްކޮށް ހުއްޓި ދިރިއުޅުން ސުމަކަށް ސޮއްސާލަ އެވެ. ނަމަވެސް މިފަދަ ހާލަތުގައި ވެސް އަތްމަތި ތަނަވަސް މީހާ އަށް މާބޮޑު މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ. ސުވާލަކީ އާންމު އާދައިގެ މީހާ އަށް މިފަދަ ގެއްލުންތަކުން ރައްކާތެރިކަން ހޯދޭނެ ބާރަކަށްވާ މި ތަކާފުލް ވަރަށް އަގުބޮޑު އެއްޗެއް ހެއްޔެވެ؟

އެލައިޑް ތަކާފުލުގެ "ހޯމް ކޮންޓެންޓް ޕްލޭން" އަކީ 200ރ ދައްކައިގެން ގޭގެ ގިނަ އަދަދެއްގެ އަގުބޮޑު ތަކެތި ރައްކާތެރިކޮށްލެވޭ ޕްލޭނެކެވެ. މިސާލަކަށް ގެއާ އިންވެގެން ހުރި ގޭގައި އަލިފާން ރޯވެ ތިމާ ދިރިއުޅޭ ގޭގައި ހުރި ޓީވީ އާއި އޭސީ އަދި ބެޑްރޫމް ސެޓާއި ދޮންނަމެޝިނަށް ގެއްލުންވީ އެވެ. އެފަދަ ހާލަތެއްގައި މި ޕްލޭން ނަގައިގެން ހުރި މީހަކަށް ފައިދާ އެނގޭނެ އެވެ.
ދުވާލަކު ކޮފީއަށް އާންމުކޮށް 200ރ ޚަރަދު ކުރާއިރު އަހަރަކު 200ރ ޚަރަދުކޮށްގެން މިވަރުގެ ރައްކާތެރިކަމެއް ނުހޯދަންވީ ކީއްވެގެން ހެއްޔެވެ؟ ތަކާފުލަކީ ޙަޤީޤަތުގައި އާންމު އާދައިގެ މީހާ ނަގަން ޖެހޭ އެއްޗެކެވެ. ވިސްނަންވީ އެކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.