އެމްޕީއެލް އިން ދަނީ އިޖުތިމާއީ ކަންކަމުގައި އެހީތެރިވެދިނުމަށްޓަކައި އެކި ވުޒާރާތަކާއެކު އެއްބަސްވުންތައް ހަދަމުންނެވެ. މީގެ ބޭނުމަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރޭން އެހީތެރިކަން ދިނުމެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ އާއި ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
އެމްޕީއެލް އިން ބުނީ އެމްއޯޔޫގެ މަގްސަދަކީ ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
އެ ކުންފުނިން ބުނީ މި ފަހުމުނާމާގެ ސަބަބުން، މި ފަރާތްތަކަށް މަސައްކަތުގެ މާޙައުލުގައި ތަޖުރިބާ ހޯދުމާއި، ވަޒީފާގެ ދާއިމީ ފުރުސަތުތައް ލިބިގަތުމަށް މަގުފަހިވެގެންދާނެއެވެ.
އެމްޕީއެލް އިން ދަނީ އިޖުތިމާއީ ކަންކަމުގައި އެހީތެރިވެދިނުމަށްޓަކައި އެކި ވުޒާރާތަކާއެކު އެއްބަސްވުންތައް ހަދަމުންނެވެ. މީގެ ބޭނުމަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރޭން އެހީތެރިކަން ދިނުމެވެ.