ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލު ކުރުން ހަލުވިކަމާއެކު ކުރިއަށް

މި މަސައްކަތުގައި މިހާތަނަށް 72 މީޓަރުގައި ޕައިލިން ޖެހުމުގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. މީގެ އިތުރުން މަގަތު ތޮށިގަނޑުގެ ބޮޑުބައެއް ތަޅާލުމުގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ.

ހަތަރު ލޭނަށް ހަދަމުން ގެންދާ ބޮޑު ތަކުރުފާނު މަގު -- އެމްޓީސީސީ

އެމްޓީސީސީ އިން ކުރިއަށް ގެންދާ ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ބަދަލު ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް އެބަދެ އެވެ. 

މާލޭގެ މަލަމަތި ބަދަލު ވެގެންދާނެ މި މަޝްރޫއުގެ މަސައްކަތް ކުރާ ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި އެމްޓީީސީސީގެ މެނޭޖިން ޑިރެކްޓަރު ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު ސައުދީ ވަނީ އިއްޔެ މި މަސައްކަތް ހިނގާ ގޮތް ބައްލަވާ ލައްވާފަ އެވެ. 

މި މަސައްކަތުގައި މިހާތަނަށް 72 މީޓަރުގައި ޕައިލިން ޖެހުމުގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. މީގެ އިތުރުން މަގަތު ތޮށިގަނޑުގެ ބޮޑުބައެއް ތަޅާލުމުގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. މިއާއެކު ދެން ފެށިގެންދާނީ އެ ސަރަހައްދުން ހިއްކަން ޖެހޭ ބައި ހިއްކުމުގެ މަސައްކަތް ތަކެވެ. 

އެމްޓީސީސީގެ އެމްޑީ އަހްމަދު ސައުދީ މި މަސައްކަތް ކުރިއަށްދާ ގޮތް ބައްދަވައި ލައްވަނީ -- އެމްޓީސީސީ

އެމްޓީސީސީ އިން މި މަސައްކަތް ފުރިހަމަ ކޮށް ނިމޭއިރު، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގައި ތާރު އަޅާނެ އެވެ. މީގެ އިތުރުން  މަގު ފުޅާކޮށް އެއްގަމު ތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް ބަދަލު ކުރާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމާއި ދުވާރު ގާއިމްކޮށް، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރާނެ އެވެ. މި މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ. އަދި މި މަސައްކަތް 455 ދުވަސް ތެރޭގައި ނިންމާލާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.