ވިޒިޓް މޯލްޑިސްގެ އާ ލޯގޯ އިން ސިފަވަނީ ރާއްޖޭގެ މާހައުލު

އާ ލޯގޯއިން ސިފަކޮށްދެނީ އުޑާއި ކަނޑު އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ މި ލޯގޯ ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ދޫނިސޫފާސޫފި މަސްމަހާމެހި އަދި ގަސްގަހާގެހި އެވެ.

ވިޒިޓް މޯލްޑިވްސްގެ ކުރީގެ ލޯގޯ އަދި މިހާރުގެ ލޯގޯ

ރާއްޖޭގެ ގުދުރަތީ މާހައުލު ސިފަވާ ގޮތަަށް ފަރުމާކޮށްފައިވަނީ ޓޫރިޒަމް ކުންފުނީގެ އާ ލޯގޯ ދައްކާލައިފި އެވެ. 

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ އައު ލޯގޯ ރަސްމީކޮށް ބޭނުން ކުރަން ފެށިއިރު މި ލޯގޯއިން ސިފަކޮށްދެނީ
ދިވެހިރާއްޖޭގެ އުޑާއި ކަނޑު އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ މި ލޯގޯ ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ދޫނިސޫފާސޫފި މަސްމަހާމެހި، އަދި ގަސްގަހާގެހި އެވެ. ގޮތަކަށް މި ކުންފުނީގެ ނަން އިނގެރޭސި އަކުރުން ފާޅުކަން ބޮޑުކޮށެވެ.

އާއްމުކޮށް ބޭނުންކުރާނެ ރަސްމީ ލޯގޯގެ އިތުރުން، އެކި ހާލަތްތަކުގައި ބޭނުންކުރުމަށް ލޯގޯގެ މޮނޮކްރޮމެޓިކް އަދި ވެކްޓަ ފަރުމާތަށް ވެސް މި ބްރޭންޑިގްގެ ތެރޭގައި ހިމެނެ އެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ލޯގޯ ބޭނުންކުރަމުންދާނީ ދިވެހިރާއްޖެ ޕްރޮމޯޓުކުރުމަށް މި ކުންފުނިން ގެންގުޅޭ "މޯލްޑިވްސް" އަދި "މޯލްޑިވްސް ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ބްރޭންޑިން ތަކާއެކުގަ އެވެ.

މިދިޔަ ޖުލައި މަހުމި ބްރޭންޑިންގްތައް އިތުރަށް ފުރިހަމަ ކުރުމަށް ވިސްނުންތެރިކަމާއެކު ކުދި އިސްލާޙު ތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި ހުޅުވިފައިވާ ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާ މީހުންނަށް ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނެ އެވެ. މުޅި ސިފަ ކުރިއާ އެއްގޮތަށް ބަހައްޓާފައިވީ ނަމަވެސް މި އިސްލާހުތަކާއެކު ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވެގެން ދިޔަ އެވެ.

އަންނަ މަހުގެ 31 އިން ފެށިގެން މި ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށް ހުރިހާ ސޯޝަލް މީޑިއާގެ ވަސީލަތްތަކެއްގައިވެސް ބޭނުން ކުރެވެމުންދާނެ އެވެ. އަދި އަލަށް ފަރުމާކުރެވުނު ލޯގޯ އަދި ބްރޭންޑިންނެވެ. މި އިސްލާހުތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހުށަހެޅުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓުމާއެކު ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ބްރޭންޑުގެ އަސްލު ދަމަހައްޓާކަމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.