ޗަމްޕާގެ ޖަވަކަރާގައި މެރިން ރިސާޗް ސެންޓަރެއް

މި މެރިން ރިސާޗް ސެންޓަރު ތަރައްގީކޮށްފައިވަނީ ނިއުޒިލެންޑުގެ އޮކްލެންޑް ޔުނިވާސިޓީ އާއި އެމެރިކާގެ ތިމާވެށީގެ ޖަމިއްޔާ ގުޅިގެންނެވެ،

ޗަމްޕާ ރިސޯޓުގައި މެރިން ރިސާޗް ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ޓޫރިޒަމް

ޓޫރިޒަމް ސިނާއަތުގައި އެންމެ ވަރުގަދަ އެއް ދިވެހި ކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާއިން ޅ. ގައި ހިންގާ ޖާވާކަރާ އައިލެންޑް ރިސޯޓުގައި މެރިން ރިޗާސް ސެންޓަރެއް ހުޅުވައިިފި އެވެ.

އެ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މުހިންމު ދިރާސާތަކެއް ކުރެވޭ ގޮތަށް ތަރައްގީ ކުރި މި ރިސޯޓް ހުޅުވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.

މި ސެންޓަރު ތަރައްގީކޮށްފައިވަނީ ކަނޑުގެ ދިރާސާތައް އެކަމުގެ އިލްމު ފެތުރުމަށެވެ. މި ސެންޓަރު ކްރައުން ކުންފުނިން ތަރައްގީކޮށްފައިވަނީ ނިއުޒިލެންޑުގެ އޮކްލެންޑް ޔުނިވާސިޓީ އާއި އެމެރިކާގެ އީޕީއޭއާ ގުޅިގެންނެވެ. 

މި ސެންޓަރުގެ ޗަންޕާ ބްރަދާސް އިން ހުޅުވުމުގެ މަގުސަދަކީ ތިމާވެށި ހިމާޔާތްކޮށް މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ކުރުމެވެ. މި ރިސާޗް ސެންޓަރު ތަރައްގީކޮށްފައިވަނީ ތަފާތު ދިރާސާތައް ހަދަން ހާއްސަ ފަސް ލެބޯޓެރީއެއް ވެސް ހިމަނައިގެންނެވެ، 

ޗަމްޕާ ރިސޯޓުގައި މެރިން ރިސާޗް ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ޓޫރިޒަމް

ކްރައުން އެންޑް ޗަމްޕާގެ ސީއީއޯ މުހައްމަދު ސޮލާހު ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަމެއް ދޭ ކުންފުންޏެއް ކަމަށާ އެ ކުންފުނީގެ ކަރަންޓުގެ 40 ޕަސެންޓް ވަރު އުފައްދަނީ އިރުގެ ހަކަތައިން ކަމަށެވެ. 

މި ހަފުލާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި މި ސެންޓަރުގެ ސަބަބުން ޅ. ބަރޮސްފިޔާ ރިޒާވް ހަދަންވެސް ބާރަކަށް ވެގެންދާނެ އެވެ. 

ޖާވާކަރަ މެރިން ރިސާޗް ސެންޓަރު ހުޅުވުމަށްފަހު މުޅިރާއްޖެ ހިމެނޭހެން އެ ސެންޓަރުން ވަނީ އަތޮޅުތައް އުފެދިފައި ހުންނަ ގޮތާއި އެ ތަންތަނުގެ ދިރުންތަކާ ގުޅޭ ދިރާސާއެއް ފަށާފަ އެވެ. މި ދިރާސާގެ އަލީގައި ހާއްސަ ކޮންފަރެންސެއްވެސް އެ ރިސޯޓުގައި ކުރިއަށް ގެންދެ އެވެ. މި ކޮންފަރެންސުގައި ބޭރުގެ 28 ސައިންޓިސްޓުން ބައިވެރިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.