ބީއެމްއެލް މާސްޓަ ކާޑު ކަސްޓަމަރަކަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް މެޗަށް ދާން ފުރުސަތު

މި ފުރުސަތު ލިބޭނީ މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލްގެ ދޫކޮށްފައިވާ މާސްޓާކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރޭން ގުރުއަތެއް ނަގައިގެންނެވެ.

ބީއެމްއެލްއިން މާސްޓަ ކާޑު ކަސްޓަމަރުންނަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިޔުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ އޮސްޓްރޭލިއާގެ މެލްބަން ގައި އަންނަ އަހަރު އަހަރުގެ ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ފުރުސަތު ލިބޭ ގޮތް - މި ފުރުސަތު ލިބޭނީ މިއަދުން ފެށިގެން އަންނަ މަހުގެ 31 ގެ ނިޔަލަށް ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލްގެ ދޫކޮށްފައިވާ މާސްޓާކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރޭން ގުރުއަތެއް ނަގައިގެންނެވެ.

މި ދަތުރުގައި ހިމެނޭ ބައިތައް

  •  ދެ މީހަކަށް ދިއުމުގެ ފުރުސަތު ދޭނެ
  •  މިއީ ހުރިހާ ހަރަދުތަކާއެކު 4 ދުވަހުގެ ދަތުރެއް

ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އިތުރު އެކަކާއެކު ހަތަރު ދުވަހުގެ ދަތުރެއް ލިބިވަޑައިގަންނަވާނެއެވެ. މީގެ ތެރޭގައި ދެ މީހުންގެ ދަތުރު ޓިކެޓާއި ހުރުމާއި ކެއުމާއި އަދި ފައިނަލް މެޗުތަކުގެ ޓިކެޓް ލިބޭނެ އެވެ. މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބައިނަލްއަޤްވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަނެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.