އަނިޔާވި މީހާއަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު ފަތިހު ވަނީ މާލެ ގެނެސްފަ އެވެ. ހަމަލާދީފައި ވަނީ އޭނާގެ ބަނޑާ ދިމާލަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ރޭ ބުނެފައި ވަނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
އއ. އުކުޅަހުގައި ރޭ ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު އޭނާގެ ބައްޕައަށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނީ ހަމަލާ ދީފައި ވަނީ ނަފްސާނީ ބަލި ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ. އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕައަށް އޭނާ ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ، އޭނާ ގަޔަށް ގަވާއިދުން ޖަހަން ޖެހޭ އިންޖެކްޝަނެއް ޖަހަން ދެކޮޅު ހަދައި އުފެދުނު ހަމަނުޖެހުމެއްގެ ތެރެއިން ކަމަށް އެމީހާ ބުންޏެވެ.
އަނިޔާވި މީހާއަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު ފަތިހު ވަނީ މާލެ ގެނެސްފަ އެވެ. އެމީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގަ އެވެ.
ހަމަލާދީފައި ވަނީ އޭނާގެ ބަނޑާ ދިމާލަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ރޭ ބުނެފައި ވަނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ހަމަލާދިން ފިރިހެން މީހާއަކީ ފުރާވަރުން ފެށިގެން ނަފްސާނީ ބައްޔަށް ބޭސް ކުރާ މީހެކެވެ. މީގެ ކުރިން އެ އިންޖެކްޝަން ޖަހަން ގެންދަނީ މާލެ އެވެ. ނަމަވެސް ފަހުން ވަނީ ގޭގައި އިންޖެކްޝަން ޖަހަން ބަދަލުކޮށްފަ އެވެ. ރޭގައި އޭނާ ގަޔަށް އެ އިންޖެކްޝަން ޖަހާފައި ވަނީ އެ ރަށު ހެލްތު ސެންޓަރުގެ އޮފިޝަލުންތަކެކެވެ.