އަފްޣާނިސްތާނަށް ބާރުގަދަ ބިން ހެލުމެއް

އަލްޖަޒީރާގައިވާ ގޮތުން އަފްޣާނިސްތާނުގެ އިރުމައްޗަށް 6.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މިހާތަނަށް ލިބިފައިވާ ދައްކާ ގޮތުގައި މަދުވެގެން 10 މީހުން މަރުވެ 20 މީހުން ޒަޚަމްވެފައިވެ އެވެ.

އަފްއާނިސްތާންއަށް ކުރިން އައި ބިން ހެލުމެއްގެ ސަބަބުން ގެއްލުންވެފައި -- ކާބުލް ޓައިމް

ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ އަފްއާނިސްތާންނަށް ބާރުގަަދަ ބިން ހެލުމެއް އަތުވެއްޖެ އެވެ. 

އަލްޖަޒީރާގައިވާ ގޮތުން އަފްޣާނިސްތާނުގެ އިރުމައްޗަށް 6.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މިހާތަނަށް ލިބިފައިވާ ދައްކާ ގޮތުގައި މަދުވެގެން 10 މީހުން މަރުވެ 20 މީހުން ޒަޚަމްވެފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި 6.0 މެގްނިޓިއުޑްގެ މި ބިންހެލުން އައިސްފައިވަނީ ނަންގަހަރު ޕްރޮވިންސްގެ ޖަލާލާބާދު ސިޓީގެ އިރުމަތިން 27 ކިލޯމީޓަރު (17 މޭލު) ދުރުގައި ކަމަށެވެ. އެއީ އެންމެ 8 ކިލޯމީޓަރު (5 މޭލު) އަޑިންނެވެ.

އަފްއާނިސްތާން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ބާރުގަދަ ބިންހެލުމެއް އައިސްފައިވެ އެވެ. މި ބިންހެލުމެއްގައި 2،400 މީހުން މަރުވެފައިވާ ކަމަށް ވެރިކަން ކުރާ ތާލިބާނުން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.