ޓޫރިޒަމަށް ނެރުނު 31 ރަށަށް އިންވެސްޓްކުރަން އިތުރު ވަގުތު

މި ރަށްތަކަށް ކުރިމަތިލާން އިންވެސްޓަރުންނަށް ދިނީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ މުއްދަތު އަންނަ މަހުގެ 15 އަށް އިތުރުކޮށްފަ އެވެ.

ރިސޯޓް ހަދަން އިއުލާނުކުރި ރަށެއް

ޓޫރިޒަމް ތަރައްގީ ކުރަން ސަރުކާރުން އެންމެ ފަހުން އިއުލާނުކުރި 31 ރަށަށް އިންވެސްޓް ކުރަން އިތުރު ވަގުތު ދީފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ވަނީ ޖޫން މަހުގެ 29 ވަނަ ދުވަހު ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ކުރަން 31 ތަނެއް ފަޅާއި ރަށް ހިމެނޭހެން ނެރެފަ އެވެ. އެފަހަރު ނެރެފައިވަނީ ހއ އަދި ހދ އާއި ށ އަދި ތ އަތޮޅުގެ އިތުރުން ލ އަދި އައްޑު އަތޮޅުގެ ރަށް / ފަޅު ތަކެވެ. 

މި ރަށްތަކަށް ބިޑް ކުރަން ދިން މުއްދަތު މިއަދު ހަމަވެފައިވާއިރު މި ރަށްރަތަށް އިންވެސްޓް ކުރުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. 

ސަރުކާރުން މިފަހަރު ރަށްތައް ނެރެފައިވަނީ ކްލޯޒް ބިޑިން އަދި ކްރޮސް ސަބްސިޑީ އުސޫލުން އަދި އޯޕަން ބިޑިންގެ އުސޫލުން ނެވެ. މިގޮތުން މި ރަށްތަކުން ގާތްގަނޑަކަށް 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓެއް ދީދައިވެ އެވެ. މިގޮތުން ކްރޮސް ސަބްސިޑީ އުސޫލުން ރަށްތަކާއި ފަޅުތައް ދޫކުރާ އިރު 20–40 ހެކްޓަރުގެ ރަށްތަކުން އުނިކޮށް ޑިސްކައުންޓެއް ދީފައިވެ އެވެ. 

މި ރަށްތަކުގެ ތެރޭން ކްލޯޒް ބިޑިންގެ އުސޫލުން ހއ އަތޮޅުން ދެ ޕްރޮޖެކްޓެއް އަދި ހދ އަތޮޅުން ފަސް ޕްރޮޖެކްޓެއް އިއުލާނު ކުރި އެވެ. މީގެ އިތުރުން ތ އަތޮޅުން ތިން ޕްރޮޖެކްޓެއް އިއުލާނުކޮށްފައިވާއިރު، ލ އަތޮޅުން ދެ ތަނެއްގައި ރިސޯޓް ހަދަން ހުޅުވާލި އެވެ. މި ރަށްތަކުގެ ތެރޭން އޯޕަން ބިޑިންގެ އުސޫލުން ހުޅުވާލާފައިވަނީ ހއ އަތޮޅުން ތިން ޓޫރިޒަމް މަޝްރޫއެއްގެ އިތުރުން، ހދ އަތޮޅުން ފަސް ޕްރޮޖެކްޓަކާއި ށ އަތޮޅުން ތިން ޕްރޮޖެކްޓެއް އަދި ތ އަތޮޅުން ދެ ޕްރޮޖެކްޓަކާއި ލ އަތޮޅުން އެއް ރަށެކެވެ. މީގެ އިތުރުން ބޮޑެތި ލުއިތަކާއެކު ހަލާލް ޓޫރިޒަމަށް ފަސް ރަށެއް ވެސް އިއުލާނުކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިހާރުވެސް ރާއްޖޭގައި ނުހެދި 80 ރަށެއް އެބައޮތެވެ. އަދި މިހާރު ރާއްޖޭގައި ޖުމްލަ 64,138 އެނދު ހުރިއިރު 174 ރިސޯޓެއް ހިންގަމުން ގެންދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.