އަނިޔާވި މީހާއަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާއިރު، ހަމަލާދީފައި ވަނީ އޭނާގެ ބަނޑާ ދިމާލަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
އެރަށުން މައުލޫމާތު ދިން މީހަކު ބުނީ ހަމަލާ ދީފައި ވަނީ ނަފްސާނީ ބަލި ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕައަށް ތޫނު އެއްޗަކުން ހަމަލަ ދިން މައްސަލައެއް ރޭގެ 10:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަނިޔާވި މީހާއަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާއިރު، ހަމަލާދީފައި ވަނީ އޭނާގެ ބަނޑާ ދިމާލަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ހަމަލާދިން ފިރިހެން މީހާއަކީ ފުރާވަރުން ފެށިގެން ނަފްސާނީ ބައްޔަށް ބޭސް ކުރާ މީހެކެވެ.