ޗައިނާގައި ރައީސް އާއި މޯދީ ބައްދަލުކުރައްވައިފި

މި ދަތުރުފުޅުގެ ތެރެއިން ރައީސްއާއި މޯދީ ބައްދަލުވިކަން ހާމަކުރެއްވީ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވިދާޅުވީ އެސްސީއޯ ސަމިޓްގެ ހަވާސާގައި ރައީސް މުއިއްޒާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ރައީސް އާއި މޯދީ ބައްދަލު ކުރައްވަނީ --

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ޗައިނާއަށް ވަޑައިގެންނެވީ މިއަދާއި މާދަމާ ޗައިނާގައި ބާއްވާ އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސްއާއި މޯދީ ބައްދަލުވިކަން ހާމަކުރެއްވީ މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވިދާޅުވީ އެސްސީއޯ ސަމިޓްގެ ހަވާސާގައި ރައީސް މުއިއްޒާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އަދި، ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށް މޯދީ ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލުކުރައްވާފައިވާއިރު، އެހެން ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެ އެވެ.

މީގެ އިތުރުން އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެސްސީއޯ އަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގުތިސޯދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަހައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.