ތެލުގެ އިމްޕޯޓް މައްޗަށް | މިދިޔަ މަހު 18 ޕަސެންޓުގެ އުފުލުމެއް

ތެލުގެ އިމްޕޯޓް މަތިވެފައިވަނީ އޮފް ސީޒަނަށްފަހު ޓޫރިޒަމް ރަނގަޅުވާން ފެށުމާއެކު އިގްތިސޯދަށް އަންނަ ހެޔޮ ބަދަލުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އިގްތިސޯދީ ހަރަކާތްތައް ދަނީ އިތުރުވަމުންނެވެ.

ރާއްޖެއަށް ތެޔޮ ހިފައިގެން އައި ބޯޓެއް ފުނަދުއަށް ތެޔޮ ހުސްކުރަނީ -- އަވަސް އޮންލައިންގެ ފޮޓޯއެއް

މި އަހަރު ފެށުނުއިރު ތެލުގެ އިމްޕޯޓް ދަށްވުމަށްފަހު އަނެއްކާވެސް ތެޔޮ އެތެރެކުރާ މިންވަރު މަތިވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. މިދިޔަ މަހު އޭގެ ކުރީ މަހާ އަޅާބަލާއިރު 18 ޕަަސެންޓުގެ އުފުލުމެއް ފާހަގަވެ އެވެ. 

ކަސްޓަމްސްގެ ތަފާސްތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހު ރާއްޖެއަށް ތެލާއި ޖެޓްފިއުލް މެއިން ގޭސް އަދި ޕެޓްރޯލް ހިމެނޭހެން 777 މިލިއަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ ޖުލައި މަހު މި އަދަދު ވަނީ 923 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 18 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި އަހަރު ތެޔޮ އެތެރެކުރި މިންވަރު

  •  ޖެނުއަރީ - 960 މިލިއަން
  •  ފެބްރުއަރީ - 762 މިލިއަން
  •  މާރިޗު - 867 މިލިއަން
  •  އޭޕްރީލް - 905 މިލިއަން
  •  މެއި - 790 މިލިއަން
  •  ޖޫން - 777 މިލިއަން
  •  ޖުލައި 923 މިލިއަން

ކަސްޓަމަސްގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު އެންމެ ބޮޑަށް ރާއްޖޭގެ ތެލުގެ އިމްޕޯޓް ދަށްވެފައިވަނީ ޖޫން މަހު އެވެ. އެ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 777 މިލިއަން ރުފިޔާގެ ތެލެވެ. 

އިމްޕޯޓް އިތުރުވި ސަބަބުތައް - ތެލުގެ އިމްޕޯޓް ދަށްވުމަށްފަހު މަތިވުމުގައި ބައެއް ސަބަބުތައް ހިމެނެ އެވެ. މިގޮތުން އެއް ސަބަބަކީ ޓޫރިޒަމްގެ އޮފް ސީޒަން އައުމަށްފަހު އޮފް ސީޒަނުން ނެއްޓި ގިނަ ރިސޯޓްތައް ފުލް އޮޕަރޭޝަނަށް ގެންނަމުން ދިއުމެވެ. އަނެއް ސަބަބަކީ އިގްތިސޯދު ރަނގަޅުވުމުގެ އަލާމާތެވެ. އިގްތިސޯދީ ހަރަކާތްތައް އިތުރުވުމާއެކު ދަތުރުފަތުރު އިތުރުވެ ތެލަށް ކުރާ ހަރަދު އިތުރުވަމުން ދިއުމެވެ. 

ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުން ތެޔޮ ނުހިމަނައި ބަލާބަމަ ޖުލައި މަހު ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. ޖޫން މަހު މި އަދަދު އުޅުނީ 3.2 ބިލިއަން ރުފިޔާގަ އެވެ. އަދި ތެޔޮ ހިމަނައިގެން ބަލާނަމަ ޖުލައި މަހު ރާއްޖެއަށް 4.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި ޖޫން މަހު މި އަދަދު އުޅެނީ 4.1 ބިލިއަން ރުފިޔާގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.