މާލެ ސަރަހައްދުގެ މަލަމަތި ބަދަލުކޮށްލި ބްރިޖަށް ހަތް އަހަރު

މި މަޝްރޫއު 10، ޑިސެމްބަރު 2015 ގައި ހަވާލުކުރީ ޗައިނާ ސީސީސީ ކުންފުންޏާ އެވެ. އަދި ބްރިޖުގެ މަޝްރޫއު ރަސްމީކޮށް ފަށާފައިވަނީ 15، ޑިސެމްބަރު 2015 ގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ފޮޓޯ : ހުޅުލެމާލެ ބްރިޖް

މިހާރުގެ އިމާރާތް ކުރުމުގެ ވަޒީރު އަބްދުﷲ މުއްތޮލިބަކީ ސިނަމާލެ ބްރިޖު އެޅި ދުވަސްވަރު އެންމެ އިސްކޮށް އުޅުއްވި އެ ބޭފުޅާ އެވެ. އެ ދުވަސްވަރު ކޮންމެ ހަފުތާއަކު ނޫސްވެރިން ބްރިޖަށް ގެންގޮސްގެން މައުލޫމާތު ދެއްވަ އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރެއްވި މި ބޮޑު މަސައްކަތް ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި މަޝްރޫއަށް ތިން ކުންފުންޏަކުން ޝޯޓް ލިސްޓް ކުރި އެވެ. މި މަޝްރޫއަށް ކުރިމަތިލި ކުންފުނިތަކުގެ ތެރޭން ޝޯޓްލިސްޓް ކުރީ ޗައިނާގެ ޒިނާން ރޯޑް އެންޑް ބްރިޖް ކޮންސްޓްރަކްޝަން ކުންފުންޏާއި ޗައިނާ ރޭލްވޭ މޭޖާ ބްރިޖް ކުންފުނި އަދި ޗައިނާ ސީސީސީ ކުންފުންޏެވެ. 

މި މަޝްރޫއު 10، ޑިސެމްބަރު 2015 ގައި ހަވާލުކުރީ ޗައިނާ ސީސީސީ ކުންފުންޏާ އެވެ. އަދި ބްރިޖުގެ މަޝްރޫއު ރަސްމީކޮށް ފަށާފައިވަނީ 15، ޑިސެމްބަރު 2015 ގަ އެވެ. އަދި ބްރިޖު ހުޅުވީ 30، އޮކްޓޫބަރު 2018 ގަ އެވެ. މިއީ ހުޅުވަން ކަނޑައެޅި ތާރީހަށްވުރެ އަވަހަށް ނިންމި މަސައްކަތެކެވެ. 

ބްރިޖު މަޝްރޫއުގެ ހުލާސާ

  •  ބްރިޖްގެ ވައްތަރު: ބޯޗް އާޗް
  •  ބޯކްގެ އަދަދު 6
  •  ހަ ބޯކްގެ ޖުމްލަ ދިގު މިނަކީ 760 މީޓަރު
  •  ބްރިޖަށް އަރާ މަގުތަކާއެކު މަގުގެ ދިިގުމިން 2100 މީޓަރު
  •  ބްރިޖްގެ ދަށުން ދެވޭ އެންމެ އުސްމިނަކީ 75 ފޫޓް
  •  ހަތަރު ފުރޮޅުލީ އުޅަނދަށް ދެ ލޭން
  •  ބްރިޖުގެ ޖުމްލަ ދިގުމިނާކީ ދެ ކިލޯމީޓަރު
  •  ފުޅާމިނުގައި 20.3 މީޓަރު

މި މަަސައްކަތް ޗައިނާ ސީސީސީ ކުންފުނިން ކުރިއަށް ގެންދިޔައީ 24 ގަޑިއިރު ހުއްޓުމެއް ނެތި އެވެ. ބްރިޖުގެ މި މަސައްކަތުގައި ޗައިނާގެ 2000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރި އެވެ. މީގެތެރޭން 100 މީހުން މަސައްކަތް ކުރީ ޗައިނާގަ އެވެ. އަދި މި ބްރިޖު އަޅަން 153،000 ކިއުބިކް މީޓަރުގެ ކޮންކްރީޓް ބޭނުން ކުރި އެވެ. މީގެ އިތުރުން 82،000 މެޓްރިކް ޓަނުގެ ސްޓީލް ބޭނުން ކުރިއި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.