"ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަކަށް (ތުލުސްދޫ އިން ހަރަކާތްތެރިވި މީހުން)، ގެއްލުނު މީހާ ފެނިއްޖެ ކަމަށް ވަނީ މައުލޫމާތު ލިބިފައި،" އެމްއެންޑީއެފުން ފޮނުވާފައިވާ މެސެޖުގައިވެ އެވެ.
އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހައިލީ "ލިއޯ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯނި ބަންޑުން ޖަހައިލިއިރު ދޯނީގައި ހަ މީހުން ތިއްބެވެ.
އެތަނުން އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް އެމީހާ މަރުވެފައި އޮއްވައި ފެނުނު އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ތުލުސްދޫ ބަޔަކަށެވެ.
"ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަކަށް (ތުލުސްދޫ އިން ހަރަކާތްތެރިވި މީހުން)، ގެއްލުނު މީހާ ފެނިއްޖެ ކަމަށް ވަނީ މައުލޫމާތު ލިބިފައި،" އެމްއެންޑީއެފުން ފޮނުވާފައިވާ މެސެޖުގައިވެ އެވެ.
މަރުވެފައި ވަނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީ މީހެއް ކަމެއް އަދި ސާފެއް ނުވެ އެވެ.