ދެކުނަށް މޫސުން ގޯސް، އައްޑޫއަށް ޔެލޯ އެލާޓް

ވާތުވެދިޔަ 24 ގަޑިއިރުތެރޭގައި ވެސް އައްޑޫއަށް ވަނީ ވަރަށް ބޮޑަށް ވިއްސާރަ ކޮށްފަ އެވެ. އެގޮތުން އިއްޔެ އެ އަތޮޅު ކަމަށް 109.2 މިލިމީޓާރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ހިތަދޫއަށް 103 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މޫސުން ގޯސް ދުވަހު ލޯންޗެއް ދުއްވާފައި ދަނީ :

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްކަމުން، މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ އިންޒާރު ނެރެފި އެވެ.

މިއަދު ހެނދުނު 6:50 އިން މެންދުރު 12:00 ގެ ނިޔަލަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ. އެ އެލާޓޫގައި، އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

އޭގެ ފަހުން ހެނދުނު 7:45 އިން ފެށިގެން 10:45 އަށް އައްޑޫ ސިޓީއަށް އެކަނި ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. މެޓް އޮފީހުން ބުނެފައި ވަނީ އެލާޓް ނެރުނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާތީ ކަމަށެވެ.

ވާތުވެދިޔަ 24 ގަޑިއިރުތެރޭގައި ވެސް އައްޑޫއަށް ވަނީ ވަރަށް ބޮޑަށް ވިއްސާރަ ކޮށްފަ އެވެ. އެގޮތުން އިއްޔެ އެ އަތޮޅު ކަމަށް 109.2 މިލިމީޓާރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ހިތަދޫއަށް 103 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ ރެކޯޑު ކުރެވިފަ އެވެ.

ދެކުނަށް ވިއްސާރަ ކުރިނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކަށް އާންމުގޮތެއްގައި މިއަދު މޫސުން ރަގަޅު ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.