މި އަހަރު ފުރަތަމަ ތިން މަސް | 374 މަރު، އުފަންވީ 1427 ކުދިން

ތަފާސް ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ތިން މަހު ގިނައިން ވިހާފައިވަނީ އުމުރުން 30-34 ގެ މީހުންނެވެ. އަދި ގިނައިން ނިޔާވެފައިވަނީ 75 އަހަރުން މަތީ މީހުންނެވެ.

ނިޔާވި މީހަކު ވަޅުލަން ތައްުޔާރުކޮށްފައި : ތިން މަސް ތެރޭ 374 މީހުން ނިޔާވި -- މިރާ

މި އަހަރުގެ ފުރަތަމަ ކުއާޓަރު - ތިން މަހު - ރާއްޖޭގައި 374 މީހުން މަރުވެފައިވާއިރު 1427 ކުދިން އުފަންވެފައިވާ ކަމަށް ދައްކައިފި އެވެ. 

ގައުމީ ތަފާސް ހިސާބު ބަލަހައްޓާ އޮފީސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކުރި ވައިޓަލް ސްޓެޓިސްޓިކްސް ނުވަތަ ވިހާމަރުވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ތިން މަހު މުޅިރާއްޖޭން 1427 މީހުން ވަނީ އުފަންވެފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ މާލޭގައި އުފަންވި 1025 ކުދިންނާއި އަތޮޅު ތެރޭގެ ރަށްރަށުގައި އުފަންވި 402 ކުދިންނެވެ. އަދި މާލެ ނަގާފައި އެންމެ ކުދިން އުފަންވެފައިވަނީ ހއ. އަތޮޅުންނެވެ. އެއީ 86 ކުދިންނެވެ. 

މި އަހަރުގެ ފުރަތަމަ ތިން މަހު އެންމެ ގިނަ ކުދިން އުފަންވީ މާރިޗު މަހު އެވެ. އެ މަހު 504 ކުދިން އުފަންވި ކަމަށް ދައްކަ އެވެ. 

މި މުއްދަތުގައި އެންމެ ގިނައިން ވިހާފައިވަނީ އުމުރުން 30-34 ގެ މީހުންނެވެ. މި އުމުރުފުރާގެ 444 މީހަކު ވިހާފައިވެ އެވެ. އަދި އުމުރުން 25-29 ގެ 394 ވިހާފައިވެ އެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ހިމެނޭ މަންމައިންގެ އުމުރުފުރާއަކީ 20-24 އެވެ. އެއީ 205 މީހުންނެވެ. އަދި 18-19 އުމުރުފުރާގެ 13 ވިހާފައިވާއިރު ކުޑަކުދިންގެ އުމުރުގައި ހިމެނޭ 15-17 އުމުރުގެ ތިން ކުދިން ވިހެއި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.  އަދި މި މުއްދަތުގައި ވެރިރަށް މާލޭގައި 1025 ކުދިން އުފައްވި އެވެ. އަދި އަތޮޅުތެރޭގައި 402 ކުދިން އުފަންވެފައިވެ އެވެ. އަދި ރާއްޖޭން ބޭރުގެ 16 ކުދިން ރާއްޖޭގައި އުފަންވެފައިވެ އެވެ. އަދި ދިވެހި 47 ކުއްޖަކު ރާއްޖޭން ބޭރުގައި އުފަންވި ކަމަށްވެސް ދައްކަ އެވެ.

އުފަންވި ދެ ޖިންސް

  • އަންހެން - 697 ކުދިން
  • ފިރިހެން - 730 ކުދިން

ރާއްޖޭގައި ބިދޭސީ 41 މީހުން މަރުވި

މި މުއްދަތުގައި މުޅިރާއްޖޭން 374 މީހުން މަރުވެފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ 333 ދިވެހިންނާއި 41 ބިދޭސީންނެވެ. ދެން ހިމެނެނީ ކުދިންނެވެ. އަދި މަރު ލިސްޓުގައި ހިމެނެނީ މާލޭގައި ނިޔާވި 218 މީހުންނާއި އަތޮޅުތެރޭގައި ނިޔާވި 152 މީހުންނެވެ. އަދި ރާއްޖޭން ބޭރުގައި މި މުއްދަތުގައި ހަތަރު މީހަކު ނިޔާވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

މަރުވި އަންހެން ފިރިހެން

  •  އަންހެން - 138
  •  ފިރިހެން - 232
  •  އެއް އަހަރުން ދަށުންގެ ކުދިން - 20

30 ޒުވާނުން މަރުވެފައިވޭ

މި މުއްދަތުގައި މަރުވި 374 މީހުންގެ ތެރޭން މާލެ ނަގާފައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ހދ. އަތޮޅުގަ އެވެ. އެ އަތޮޅުގައި 26 މީހުން މަރުވެފައިވެ އެވެ. އަދި ދެވަނައަށް އުޅެނީ ސ. އަތޮޅުގަ އެވެ. އެ އަތޮޅުން 23 މީހުން މަރުވި އެވެ. އަދި އެންމެ ގިނަ ފިރިހެނުން މަރުވި ކަމަށްވެސް ދައްކަނީ އައްޑޫއިންނެވެ. އެ އަތޮޅުން 16 މީހުން މަރުވެފައިވެ އެވެ.  މި މުއްދަތުގައި މަރުވި މީހުންގެ އުމުރުފުރާއަށް ބަލާއިރު 75 އަހަރުން މަތީ 147 މީހުން މަރުވެފައިވެ އެވެ. އަދި 36-64 އުމުރު ފުރާނެ 113 މީހަކު މަރުވި ކަމަށް ދައްކަ އެވެ. އަދި ޒުވާން އުމުރުގެ 18-35 އުމުރުފުރާނެ 30 މީހަކު މަރުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.