ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ދެއްވައިފި

މިޖަލްސާގައި ރައީސް ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް އަރުއްވާފަ އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވި ބޭފުޅުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު --

ޕާފޯމިން އާޓްސް ދާއިރާއިން ޝަރަފުވެރި ކަމުގެ ގައުމީ އިނާމު، މަޝްހޫރި ލަވަކިޔުންތެރިޔާ، މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ ހަނދާނަށް އަރުވައިފި އެވެ.

ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިން ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުއްވާފަ އެވެ.

މެޒޯ މުހައްމަދުގެ ހަނދާނަށް އެރުއްވި ގައުމީ އިނާމާ ހަވާލުވެފައި ވަނީ އޭނާގެ ދަރިފުޅު، ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދެވެ. 

ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުއްވި އަނެއް ދެ ބޭފުޅުންނަކީ؛

  •  ޝައިހު އިސްމާއީލް މުހައްމަދު، މއ. ފީރޯޒްވާދީ - އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ
  •  މުހައްމަދު މައުރޫފް ޖަމީލް، މ. ދޫރެސް - އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާ

މިޖަލްސާގައި ރައީސް ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް އަރުއްވާފަ އެވެ. 

  • 1.ހުސްނާ ފަހުމީ - ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިއުކުރުމުގެ ރޮނގުން
  • 2.އިއްޒަތު އަހުމަދު ނިޒާރު ސެލްވިން - ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން
  • 3.ޑރ. އަބްދުލްއަޒީޒް ހަމީދު - ސިއްހީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުން
  • 4.އާމިރާ ސުލައިމާން - ދިވެހިބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްީކުރުމުގެ ރޮނގުން
  • 5.ފާތިމަތު އިބްރާހިމް - ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ކުދީންނާއި މީހުންނަށް ހިދުމަތް ކުރުމުގެ ރޮނގުން
  • 6.އަހުމަދު ވަހީދު އަލީ - އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ޖަމާއަތަށް ފައިދާހުރިއެކި މަސައްކަތްތައް ކުރުމުގެ ރޮނގުން
  • 7.އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ - ވިޔަފާރިއާއި އިގުތިސޯދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުން
  • 8.ޢަލީމުއްދީން - މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން
  • 9.މުޙައްމަދު ޖައިލަމް - ކޮމްޕިއުޓާ ސޮފްޓްވެއާ އާއި ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން
  • 10.ޒަހިއްޔާ މުހައްމަދު - އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށް ނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސް އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.