ރައީސްގެ މި ދަތުރުގެ ތެރެއިން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން އުތީމުގައި އަލަށް އިމާރާތްކުރާ "ބޮޑުތަކުރުފާނު ގޭޓު" ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ގައުމީ ދުވަހުގެ ހާއްސަ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިން ހއ. އުތީމަށް ވަޑައިގެންފި އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިއަދު 10:00 ގައެވެ.
މި ޖަލްސާގައި އުތީމު ގަނޑުވަރު ބެލެހެއްޓުމަށް އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާ،އި އެ ކަމަށް ދޭ އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން އެ ރަށު ރައްޔިތުންނަށް ހާއްސަ ޝަރަފެއް އެރުއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
ރައީސް ޝަރަފުވެރި ކޮށްދެއްވާ މި ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދޭނެ އެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށެވެ. އެ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ އެ ބޭފުޅާގެ ހަނދާނަށެވެ.
ރައީސްގެ މި ދަތުރުގެ ތެރެއިން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން އުތީމުގައި އަލަށް އިމާރާތްކުރާ "ބޮޑުތަކުރުފާނު ގޭޓު" ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮތުމަށްފަހު، ރާއްޖެއަށް އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް މިނިވަންކަން ހޯދައިދެއްވި މުނާސަަބާ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.