ސަރުކާރުން ހުށަހެޅި ޑީލް ގަބޫލުކޮށް، ކާޑެއްދޫ އެއާޕޯޓް ދޫކޮށްލާން އެއްބަސްވެއްޖެ

ގާސީމް ރޭ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެއާޕޯޓް ދޫކޮށްލަން ނިންމެވީ އެތަން ތަރައްގީކޮށް، އިންޓަނޭޝަނަލް ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅަކަށް ވާތީ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ގާސިމް އިބްރާހިމް މީގެ ކުރިން ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ވިޔަފާރިވެރިޔާ، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ސަރުކާރަށް ހޯދުމަށްޓަކައި ހުށަހަޅާފައިވާ ޑީޕް ގަބޫލުކުރައްވައި، އެ އެއާޕޯޓް ދޫކޮށްލަން އެއްބަސްވެއްޖެ އެވެ.

ވިލާއިން އެދިފައި ވަނީ އެއާޕޯޓް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރެވެ. ނަމަވެސް އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދިނުމަށެވެ. ނުވަތަ ވިލާ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އިން 18 މަސް ދުވަހަށް ބަހާލައިގެން އެޖަސްޓްމަންޓެއް ހެދުމަށެވެ. 

ގާސީމް ރޭ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެއާޕޯޓް ދޫކޮށްލަން ނިންމެވީ އެތަން ތަރައްގީކޮށް، އިންޓަނޭޝަނަލް ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދުފުޅަކަށް ވާތީ ކަމަށެވެ. 

"އެއީ އެމަނިކުފާނު ގދ. ތިނަދޫގެ ރައްޔިތުންނަށް އަދި ޖުމުލަކޮށް ގދ އަތޮޅަށް ވެވަޑައިގެންނެވި ނުހަނު މުހިންމު ވައުދަކަށްވާތީ، ވީހާވެސް އަވަހަކަށް އެ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުކުރެއްވޭނީ ސީދާ ސަރުކާރަށް އެ އެއާޕޯޓް ލިބިގެން،" ގާސިމް ބަޔާން ކުރައްވާފައިވެ އެވެ.

ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ދެ ޑީލުގެ ތެރެއިން ވިލާ ކުންފުނިން ގަބޫލުކޮށްފައިވަނީ ކޮން ހުށަހެޅުމެއް ކަމެއް އެ ބަޔާނުގައި ފާހަގަކުރައްވާފައެއް ނުވެ އެވެ.

ގާސިމް އެކަން ބަޔާން ކުރައްވައި ބަޔާނެއް ނެރުއްވާފައި ވަނީ އެ އެއާޕޯޓާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަަކަށް ރައްދު ދެއްވުމަށެވެ.

އެ ބަޔާނުގައި ގާސިމް ވިދާޅުވީ އެއާޕޯޓްގެ ބަދަލުގައި ވިލާ ކުންފުންޏަށް ނުހައްގު ބަދަލެއް ދެނީ ކަމަށް ޔާމީން ދެއްކެވީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. މީގެ ކުރިން ވެސް އެގޮތަށް ކުންފުނީގެ އަގު ވައްޓާލަން ޔާމީން މަސައްކަތް ކުރެއްވި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.