ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

އެ ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު، ގައުމީ ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރުން އޮތެވެ. އަދި ރަސްމިއްޔާތު ނިންމައިލުމުގެ ގޮތުން ގައުމީ ދިފާއީ ބާރުގެ ބޭންޑުން ގައުމީ ސަލާމް ކުޅެފައިވެ އެވެ.

ގައުމީ ދުވަހާ ގުޅިގެން ދިދަ ނެގުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު --

ގައުމީ ދުވަހުގެ މުނާސަބަތުގައި ގައުމީ ދިދަ ނެގުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފި އެވެ.

ޖުމްހޫރީ މައިދާނުގައި މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 6:00 ގަ އެވެ.

އެ ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު، ގައުމީ ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރުން އޮތެވެ. އަދި ރަސްމިއްޔާތު ނިންމައިލުމުގެ ގޮތުން ގައުމީ ދިފާއީ ބާރުގެ ބޭންޑުން ގައުމީ ސަލާމް ކުޅެފައިވެ އެވެ.

ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ރާއްޖެ އޮތުމަށްފަހު، ރާއްޖެއަށް އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް މިނިވަންކަން ހޯދައިދެއްވި މުނާސަަބާ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.