ގައުމިއްޔަތަށް ނުރައްކާވާ މިންވަރަށް ޖެހިލުމެއްނެތި ކޮރަޕްޝަން ހިންގުން އާންމުވެއްޖެ: ސިޔާމް

"ނުފޫޒާއި ބާރު ހުރި ފަރާތްތަކުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅެމުންދާތަން ނުފެންކަމީ ކަންބޮޑުވާން ޖެހޭ ކަމެއް،" ސިޔާމްގެ ހިތޯބުގައި ވިދާޅުވި އެވެ.

ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު

ރާއްޖޭގައި ޖެހިލުމެއްނެތި ކޮރަޕްޝަނާ ފަސާދަ ހިންގުމަކީ އާންމު ކަމެއް ކަމަށާއި އެއީ ގައުމިއްޔަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ސިޔާމް ނެރުއްވި ހާއްސަ ހިތޯބުގައި ވިދާޅުވީ އަޅުގަނޑުމެންގެ ވަށައިގެން ހިނގަމުންދާ ކަންތައްތަކާމެދު ފުންކޮށް ވިސްނައި ފިކުރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ދުރާލާ ރޭވިގެން ހިންގަމުންދާ ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއް ނެތި ކުރުމަކީ އާދައިގެން ކަމަކަށް ވެފައިވާކަން ސިޔާމް ފާހަގަކުރެއްވި އެވެ.

"މިފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާތަކުން މިފަދަ ކަންކަމާމެދު އެކަށީގެންވާ ސަމާލުކަމެއް ދެމުން ނުދާކަން ހިތާމަޔާއެކު ފާހަގަކުރަން. ނުފޫޒާއި ބާރު ހުރި ފަރާތްތަކުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅެމުންދާތަން ނުފެންކަމީ ކަންބޮޑުވާން ޖެހޭ ކަމެއް،" ސިޔާމްގެ ހިތޯބުގައި ވިދާޅުވި އެވެ.

އެއީ ގައުމުގެ މިނިވަންކަމާއި ގައުމިއްޔަތަށް އޭގެ ނުރައްކާ އިންތިހާޔަށް ބޮޑު ކަމެއް ކަމަށް ވިދާޅުވެ، އެފަދަ އަމަލުތައް ހުއްޓުވަން ކަމާ ބެހޭ ހުރިހާ ފަރާތްތަކުން ހަރުދަނާ އަވަސް ފިޔަވަޅު އެޅުމަށް ސިޔާމް ވަނީ އިލްތުމާސް ކުރައްވާފަ އެވެ.

ހިތޯބުގައި ސިޔާމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށާއި، ދެމެހެއްޓެނިވި އަދި ފުދުންތެރި އިގްތިސޯދެއް ގާއިމްކުރުމަށްޓަކައި ހުރިހާ ޒުވާނުން ހިތްވަރާއި ފޯރިއާއެކު، ދެމެހެއްޓެނިވި އަޒުމެއްގައި މަސައްކަތް ކުރުމަށް ގޮވާލާ ކަމަށެވެ. 

"މިއީ އަޅުގަނޑުމެންގެ ގައުމީ ވާޖިބެއް ކަމުގައި ދެކި، ކޮންމެ ދިވެއްސަކުވެސް މަތިވެރި މަގުސަދު ހާސިލް ކުރުމަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް،"

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.