ކާޑެއްދޫ އެއާޕޯޓް ދޫކޮށްލަން ވިލާއަށް 18 މިލިއަން ޑޮލަރުގެ ބަދަލެއް

އެ ސިޓީގައިވާ ގޮތުން ވިލާއިން އެދިފައި ވަނީ އެއާޕޯޓް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރެވެ. ނަމަވެސް އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދިނުމަށެވެ.

ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް -- ފޮޓޯ/ ޖޭޕީ

ވިޔަފާރިވެރިޔާ، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު އަނބުރާ ސަރުކާރަށް ހޯދުމަށްޓަކައި، 18 މިލިއަން ޑޮލަރު (277.5 މިލިއަން ރުފިޔާ)ގެ ބަދަލެއް ދިނުމަށް ނުވަތަ ޓެކްސް އިން ލުޔެއް ދިނުމަށް ސަރުކާރުން ހުށަހަޅައިފި އެވެ.

އިކޮނޮމިކް ކައުންސިލުން މި މައްސަލަ ނިންމުމަށް ފަހު މިމަހުގެ 19 ގައި ފޮނުވާފައިވާ ސިޓީ ގާސިމް ރޭ ވަނީ އޭނާގެ އެކްސް އެކައުންޓުން އާންމު ކުރައްވައިފަ އެވެ.

އެ ސިޓީގައިވާ ގޮތުން ވިލާއިން އެދިފައި ވަނީ އެއާޕޯޓް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރެވެ. ނަމަވެސް އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދިނުމަށެވެ. ނުވަތަ ވިލާ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އިން 18 މަސް ދުވަހަށް ބަހާލައިގެން އެޖަސްޓްމަންޓެއް ހެދުމަށެވެ. އެ ދެ ގޮތުން ކުރެ، ވިލާ ކުންފުނިން އެދޭ ގޮތެއް އަންގައިދޭން ވަނީ އެދިފަ އެވެ. 

މި ސިޓީ އާންމުކުރައްވައި ގާސިމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް 18 މިލިއަން ޑޮލަރުގެ ބަދަލަކަށް އެއާޕޯޓު ދޫކޮށްލަން ނިންމީ އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުން އެތަނަކީ ފައިދާގެ ބޮޑު ކަން ވެސް އެނގި ތިބެ ކަމަށެވެ.

"ކާޑެއްދޫ އެއާޕޯޓު އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް ކުރި އިއުލާނުއާ ގުޅިގެން ވިލާއިން ހުށަހެޅި ޕްރޮޕޯސަލް އަށް އެތަން ދޫކޮށްލީ ސަރުކާރަށް ގެއްލުންވާލެއް ބޮޑުކަމުން. އެއީ ފަޅުރަށް ދޫކުރާ އުސޫލެއް ނޫންތާ ދޯ. އަޅުގަނޑުމެންނަށް ވެސް އެތަން ހިންގައިގެން ލިބެމުން އައި ބޮޑު ގެއްލުމާއި އަދި އެތަނަށް ވިލާއިން ކުރި ބޮޑު އިންވެސްޓުމެންޓަށް ބެލުމަށް ފަހު ބަދަލުގެ ގޮތުގައި ސަރުކާރުން ދެއްވަން ނިންމެވީ 18 މިލިއަން ޑޮލަރު. އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމާ އެކީ ފައިދާގެ ބޮޑު ކަން ވެސް އެނގި ތިބެ ސަރުކާރަށް ދޫކޮށްލީ،" ގާސިމް ވިދާޅުވި އެވެ.

ކާޑެއްދޫ އެއާޕޯޓްގެ ވާހަކަ ރޭ ގާސިމް ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ޔާމީން ވިދާޅުވެފައި ވަނީ ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓަކީ ވިލާގެ ޗެއާމަން، ގާސިމަށް "ތަރިކަ މުދާގަނޑެއް" ގޮތަށް ދީފައި އޮންނަ ފަދަ ތަނެއް ކަމަށެވެ.

އަދި ކާޑެއްދޫ އެއާޕޯޓް ހިންގަން އުޅެއުޅެ ނުހިންގިގެން އެތަން އެންމެ ފަހުން ސަރުކާރާ ހަވާލުވީ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މާފުކޮށްފައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.