ޒަކާތު ހައުސިން އިން ވަނީ އިއްޔެއިން ފެށިގެެން ފައިސާ އިން މުދަލު ޒަކާރް ނެރުން ވާޖިބުވާ ނިސޯބަކީ 11,191.95ރ. ކަމަށް ކަނޑައަޅައި އިއުލާނެއްކޮށްފަ އެވެ.
ޒަކާތު ހައުސިން އިން ވަނީ އިއްޔެއިން ފެށިގެެން ފައިސާ އިން މުދަލު ޒަކާރް ނެރުން ވާޖިބުވާ ނިސޯބަކީ 11,191.95ރ. ކަމަށް ކަނޑައަޅައި އިއުލާނެއްކޮށްފަ އެވެ. -- މިދިޔަ އޭޕްރީލް މަހު މުދަލު ޒަކާތް ވާޖިބުވާ ނިސޯބަކީ 9,264.15ރ. އެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ބަދަލުވެ އެވެ. މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުލެކެވެ.
މުދަލު ޒަކާތް ނެރެންޖެހޭނީ އެ އަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 ޕަސެންޓެވެ. ދެހާސް ސޯޅައިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުން އަންނަނީ މީރާ އިންނެވެ.
ޒަކާތު ހައުސް އިން ބުނި ގޮތުގައި، މިހާރު ބާޒާރުގައި ރިހީގެ އަގު ހުރީ ގްރާމަކަށް 18.81ރ. އެވެ. އަދި، ރަނުގެ އަގު ހުރީ ގްރާމަކަށް 1,652.10ރ. އަށެވެ. ރިހީގެ ނިސާބަކީ 595 ގްރާމް އަދި ރަނުގެ ނިސާބަކީ 85 ގްރާމެވެ.