ރައީސް ޔާމީން ވަނީ ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ނަގަން މަސައްކަތް ކުރަނީ ޓެކުހަށް ދައްކަން އޮތް 30 މިލިއަން ޑޮލަރު މައާފުކޮށް ދިނުމަށްފަހު ކަމަށް ވިދާޅުވެފަ އެވެ.
ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގަމުން ގެންދާ ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ދޫކޮށްލަން އުޅޭ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ފާޑު ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ސިޔާސީ ލީޑަރުންނަށް ރައްޔިތުންގެ ހައްގުގައި މިއަދު ނުނިކުމެވޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ކާޑެއްދޫ އެއާޕޯޓްއަކީ ވަރުވާއަށް ދީފައި އޮންނަ ހިންނައެއްގެ ގޮތުގައި ގާސިމްއަށް ލިއުއްވާފައި އޮންނަ ތަނެއް ކަމަށެވެ.
"ކޮންމެ ޕާޓީއެއް ވެރިކަމަށް އަޔަސް ކާޑެއްދޫ އެއާޕޯޓް އޮންނަންވާނީ ގާސިމްއަށް. އެދިވަަޑައިގަންނަވައިގެން ގާސިމްއަށް ދެނީ. އެންމެފަހުން މިއަދު މިވީ ކިހިނެއް ތޯ؟ ހިންގަން އުޅެ ނުހިންގިގެން އެންމެފަހުން ސަރުކާރު ބޮލުގަ އަޅަން ޖެހުނީ. ދައްކަން އޮތް 30 މިލިއަން ޑޮލަރު ޓެކްސް ފައިސާ މައާފުކޮށްފަ ސަރުކާރަށް އެއާޕޯޓް ނެގީ. ކޮން ކަހަލަ ލަދުހުތުރު ކަންތައް ތޯ؟،" ޔާމީން ވިދާޅުވި އެވެ. "ދެން މީގެތެރޭގަ ކޮރަޕްޝަން ނުހިމެނޭނެ ތޯ ؟