އެގޮތުން، މިހާރު ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތީ 174 ދިނުމަށް ކަމަށާއި ނަމަވެސް އޭގެ އިތުރުން 76 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އއ. އުކުޅަހުގެ ލޭންޑު ޔޫސް ޕްލޭން ބަދަލުކޮށް، 250 ގޯތި ދޫކުރުމަށާއި، 50 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އުކުޅަކަށް ވަޑައިގެން ރޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އުކުޅަހުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ނިމުމަކާއި ހަމައަށްގޮސްފައި އޮތް ނަމަވެސް، އެރަށު ކައުންސިލުން ސަރުކާރަށް ފޮނުވާފައިވާ ލޭންޑް ޔޫސް ޕްލޭން އޮތްގޮތުން ބިމުގެ އެންމެ ބޮޑު ޖާގައެއް އޮތީ ގޯތި ދިނުމަށް ނޫން ކަމަށެވެ.
އެގޮތުން، މިހާރު ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮތީ 174 ދިނުމަށް ކަމަށާއި ނަމަވެސް އޭގެ އިތުރުން 76 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ގޯތި ގެދޮރުގެ މައްސަލަ އްލުކުރުމަށް. ސަރުކާރުން ލޭންޑު ޔޫސް ޕްލޭން ފާސްކުރާއިރު ގޯތި ދޭގޮތަށް ބަދަލުކޮށް 250 ގޯތި ދެވޭ ގޮތަށް އިސްލާހުކޮށް އަޅުގަނޑުމެން ފާސްކުރާނީ. އަދި އެ 250 ގޯތި ދިނުމުގެ ހުއްދަ މިއަންނަ ހަފްތާގައި ދޭނަން. އަޅުގަނޑު އުންމީދުކުރަން ކައުންސިލުން ގޯތި ބޭނުންވާ ފަރާތްކަށް ހުޅުވާލާނެކަމަށް،”
ރައީސް އިތުރަށް ވިދާޅުވީ އެރަށުގައި 50 ހައުސިން ޔުނިޓް އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޔުނިޓްތައް ވެސް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ ސަބަބުން ގޯތި ގެދޮރުގެ މައްސަލައަށް ހައްލު ހައްލު ލިބިގެންދާނެކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.