އެހެންކަމުން، މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް ބޭނުން ކުރުން މަނާކުރި "ކޮފްސީ ސިރަޕް" ބޭނުން ކުރުމާއި ވިއްކުން އަނެއްކާ ވެސް މަނާ ކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ ބޭހުގެ މާކެޓް ސާވެއިލެންސް ކުރުމުގެ މަސައްކަތުގެ ތެރެއިން، ކެއްސާތީ ބޯ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕުން ކޮލިޓީ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން، މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
"އަދި އެއްވެސް ފާމަސީއެއްގައި މި ބޭސް ހުރިނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުން އެދެން،" އެ އޮތޯރިޓީން ބުންޏެވެ.
މި ބޭސް ބޭނުން ކުރުމުގެ ސަބަބުން މިހާތަނަށް އެއްވަސް ފަރާތަކަށް ސިއްހީ މައްސަލައެއް ދިމާވެގެން ރިޕޯޓް ކޮށްފައިވާ ނުވާ ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެ އެވެ.
މީގެ ކުރިން ކޮފްސީ ސިރަޕް ބޭނުން ކުރުން މަނާ ކުރީ އެ ބޭހުން ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިގެންނެވެ. ނަމަވެސް ފަހުން ބޭސް ބޭނުން ކުރަން ވަނީ ހުއްދަ ދީފަ އެވެ.
މި ބޭސް އުފައްދަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެމްސީ ހެލްތު ކެއާ ލިމިޓެޑުންނެވެ.