ތޮއްޑޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި

މިދަތުރުގައި ބީއެމްއެލް ތޮއްޑޫ ބްރާންޗްގެ ބިންގާވެސް ވަނީ އަޅާފަ އެވެ. ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު އަދި ތޮއްޑޫ ކައުންސިލްގެ ރައީސް އެވެ.

ތޮއްޑޫގެ ޑޮލަރު އޭޓިއެމް ރައީސް ހުޅުއްވައިދެއްވަނީ

ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައިވާ އއ. ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.

ތޮއްޑޫގައި ގާއިމްކުރި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ.

ރައީސް އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެން ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށް އެމަނިކުފާނު ވަނީ އެ އޭޓީއެމުން ފައިސާ ނަންގަވާފަ އެވެ. 

މިދަތުރުގައި ބީއެމްއެލް ތޮއްޑޫ ބްރާންޗްގެ ބިންގާވެސް ވަނީ އަޅާފަ އެވެ. ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު އަދި ތޮއްޑޫ ކައުންސިލްގެ ރައީސް އެވެ.

ތޮއްޑޫގައި ގާއިމްކުރާ ބީއެމްއެލް ބްރާޗުގެ ބިންގާ އަޅަނީ --

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ހުޅުވުމަށް ސަރުކާރުން ނިންމީ އެރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށަކަށް ވާތީ އެވެ. އަދި އެރަށުގައި ހިންގާ ގިނަ ވިޔަފާރިތަކަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވާތީ އެވެ.

ތޮއްޑޫގައި ބީއެމްއެލްއިން ހުޅުވި ޑޮލަރު އޭޓީއެމްއަކީ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ގާއިމުކުރި ހަތަރު ވަނަ ރަށެވެ. ދެން ޑޮލަރު އޭޓީއެމް ބަހައްޓާފައި ހުންނަނީ މާފުށި، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގަ އެވެ.

ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ތޮއްޑޫގައި މިހާރު ގަތްގަނޑަކަށް 80 ވަރަކަށް ގެސްޓްހައުސް ދަނީ ހިންގަމުންނެވެ. ޓޫރިސްޓުންގެ އިތުރުން ގިނަ ދިވެހިން ވެސް ޗުއްޓީ ހޭދަކުރުމަށް ތޮއްޑޫއަށް ދެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.