ބޮޑުފޮޅުދޫއަށް އަންނަ އަހަރު 50 ހައުސިން ޔުނިޓް

"މިއަންނަ އަހަރުގެ ބަޖެޓުގަ މިރަށުގެ ހައުސިން މައްސަލަ، ގެދޮރުގެ މައްސަލަ ހައްލުކުރުމަށް 50 ހައުސިން ޔުނިޓް އެޅުމަށް ކަނޑައަޅައި، އެ މަޝްރޫއު ބަޖެޓުގަ ހިމަނާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސްއަށް މިއަދު ބޮޑުފޮޅުދޫން މަރުހަބާ ކިޔަނީ --

އއ. ބޮޑުފޮޅުދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދައްޗަށް ހައްލެއް ހޯދައިދިނުމަށް އަންނަ އަހަރު އެރަށުގައި 50 ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެކަން އިއުލާނު ކުރެއްވީ އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑުފޮޅުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހައުސިން މަޝްރޫއުތައް ހިންގަން އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެ ލިސްޓުގައި ބޮޑުފޮޅުދޫއެއް ނުހިމެނެ އެވެ. ނަމަވެސް ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެރަށް ހިމަނުއްވާނެ ކަމަށެވެ.

"މިއަންނަ އަހަރުގެ ބަޖެޓުގަ މިރަށުގެ ހައުސިން މައްސަލަ، ގެދޮރުގެ މައްސަލަ ހައްލުކުރުމަށް 50 ހައުސިން ޔުނިޓް އެޅުމަށް ކަނޑައަޅައި، އެ މަޝްރޫއު ބަޖެޓުގަ ހިމަނާނަން،" ރައީސް ވިދާޅުވި އެވެ.

އަދި، އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފައްޓައިދެއްވާނެ ކަމަށާއި، އެ މަޝްރޫއު ނިމުމުން އެރަށަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ފާހަގަކުރެއްވީ ކުރީ ސަރުކާރުގައި އެމްޓީސީސީން އެރަށު ފަޅުން ހަތަރު ހެކްޓަރުގެ ބިން ހިއްކައި ނަމަވެސް ކޮންމެވެސް ސަބަބަކާހުތެ އެ ބިމުގެ ބޭނުން ނުކުރެވޭ މައްސަލަ އެވެ. އެތަން އޮތީ ހިމާޔަތް ކޮށްފައެއް ވެސް ނޫނެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި، އެ ބިން ހިމާޔަތްކޮށް، އެޔާއެކު އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް ހިމަނުއްވައިދެއްވާނެ ކަމަށެވެ. އަދި، އެ ބިން އެރަށާ ހަވާލުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.