އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަނީ

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރި އިއުލާނެއްގައި ބުނީ މިއަދު މެންދުރު 1:00 އިން ފެށިގެން ނަތީޖާ ދޫކުރަން ފަށާނެ ކަމަށެވެ. ނަތީޖާ ލިބޭނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސްކޫލުންނެވެ.

އިމްތިހާނެއް ހަދަނީ: މިއަހަރު 8000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އޯލެވެލް އިމްތިހާނު ހަދާފައި --

މި އަހަރު ބޭއްވި ކެމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށާނެ އެވެ. 

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ކުރި އިއުލާނެއްގައި ބުނީ މިއަދު މެންދުރު 1:00 އިން ފެށިގެން ނަތީޖާ ދޫކުރަން ފަށާނެ ކަމަށެވެ. ނަތީޖާ ލިބޭނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސްކޫލުންނެވެ.

އަދި، އަމިއްލަ ގޮތުން އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ދޫކުރަމުންދާނީ ޑީޕީއޭ އިން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 ގެ ނިޔަލަށް ކަމަށް އެ އިއުލާނުގައިވެ އެވެ.

މިއަހަރުގެ މޭ/ޖޫންގައި ބޭއްވި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 8،364 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. ޖުމުލަ 260 މަރުކަޒެއްގައި އިމްތިހާނު ކުރިއަށް ގެންގޮސްފައިވެ އެވެ.

މިހާރު ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން އޯލެވެލް އިމްތިހާނު ހެދުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ/މާޗް މަހު އެވެ. އަދި މިހާރު ގްރޭޑް 9 ގައި ކިޔަވާ ދަރިވަރުން އޯލެވެން އިމްތިހާނު ހަދާނީ އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.