ވޭޕް މައްސަލަ ފެންމަތިވުމުން ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދެއްވައިފި

މި މައްސަލަ ފެންމަތިވެފައި ވަނިކޮށް މާހިލް މިއަދު ވަނީ ޒުވާނުންގެ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެ މަޖިލީހަށް މާހިލް އައްޔަނު ކުރީ އޮގަސްޓު 12، 2024 ގަ އެވެ.

ޒުވާނުންގެ ލަފާދޭ ކޮމިޓީއަށް މާހިލް އައްޔަންކުރެއްވުމަށްފަހު، ރައީސް އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވަނީ --

ރާއްޖެއަށް ގިނަ އަދަދެއްގެ ވޭޕް ވަގަށް އެތެރެ ކުރި މައްސަލަ އާ ގުޅިގެން ހިފަހައްޓައި ޖޫރިމަނާ ކުރި މައްސަލަ ފެންމަތިވުމުން، ރައީސަށް ލަފާދޭ ޒުވާނުންގެ މަޖިލީހުގެ މެންބަރު ކަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުﷲ މާހިލް ޝަހީމް އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާހިލްއާއި އިތުރު މީހަކު ރާއްޖެ އައުމުން ކަސްޓަމްސް އިން ވަނީ ހިފަހައްޓާފަ އެވެ. އެ ދެ މީހުންގެ އަތުން ގިނަ އަދަދެއްގެ ވޭޕް ފެނިފައިވާއިރު، އެތަކެތި ހުރީ ގައިގައި ބަނދެފައި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި މައްސަލަ ފެންމަތިވެފައި ވަނިކޮށް މާހިލް މިއަދު ވަނީ ޒުވާނުންގެ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެ މަޖިލީހަށް މާހިލް އައްޔަނު ކުރީ އޮގަސްޓު 12، 2024 ގަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހާއެކު، ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވިއްކުން އަދި އެތެރެ ކުރުމަކީ ވެސް ވަނީ މަނާކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.