ލޯންޗު ފެރީގެ ހިދުމަތްދޭ ކުންފުންޏަކަށް ޓެކުހަށް މަކަރު ހެދިކަމުގެ ދައުވާ ކުރަން ފޮނުވައިފި

މި މުއްދަތަށް ޓެކްސް ދައްކާ ފަރާތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިއަނަށް ވުރެ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ވަނީ ފާހަގަކުރެވިފަ

ރާއްޖޭގެ ޓެކްސް އިދާރާ މީރާ.

ހޯޕް ޓްރެވަލްސްގެ ނަމުގައި ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ލޯންޗު ފެރީގެ ޚިދުމަތްދޭ ހޯޕް ހޯލްޑިންގްސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރު ހެދިކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް، ދައާވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ
ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފި އެވެ.

މީރާ އިން ބުނީ ޖުލައި 1، 2020 އިން މެއި 31، 2023 ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދުތަކަށް އެ ކުންފުނިން މީރާއަށް ހުށަހަޅާފައިވާ ޖީއެސްޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަދި ޓެކްސް އަހަރު 2021 އަށް ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

މީރާ އިން ބުނި ގޮތުގައި އެ ކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭތީ އޭގެ ތަހުގީގު ފެށި އެވެ. އެ ތަހުގީގުން ފާހަގަވީ އެ ދެ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ބަޔާންތަކުގައި 29 މިލިއަން ރުފިޔާގެ އާމްދަނީގެ ގޮތުގައި ހިމަނާފައިނުވާކަން ކަމަށް މީރާއިން ބުންޏެވެ.

މީރާ އިން ބުނީ ހޯޕް ހޯލްޑިންސް ޕާޓްނާޝިޕް މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވީ ނަމަވެސް އެ ވިޔަފާރީގެ ދަށުން ހިންގާ "ހޯޕް ޓްރެވެލްސް" ގެ ހަރަކާތް މީރާގައި ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހިންގި ކަމަށެވެ. އަދި އެ ތަހުގީގު ކުރި މުއްދަތުގައި ފާހަގަވީ އެ ވިޔަފާރި ހިންގައިގެން ލިބިފައިވާ ޖުމްލަ އާމްދަނީގެ 89 ޕަސެންޓް މީރާއަށް ހުށަހަޅާފައިވާ ޖީއެސްޓީ ބަޔާންތަކުގައި ނުވާ ކަމަށް މީރާ ބުންޏެވެ.

"މިގޮތުން މި މުއްދަތަށް ޓެކްސް ދައްކާ ފަރާތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ގޮތުގައި ތިން މިލިއަނަށް ވުރެ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައިނުވާ ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ،" މިރާއިން ބުންޏެވެ.

މީރާއިން ވަނީ ތަހުގީގުގެ ތެރެއިން ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރިއާ ގުޅޭ ލިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގާފައި ކަމަށް ބުނެފަ އެވެ.

އެ ތަހުގީގަށް ފަހު މީރާ އިން ދައުވާކުރަން ފޮނުވީ ހޯޕް ހޯލްޑިންސް ވިޔަފާރީގެ ޕާޓްނަރެއް ކަމަށްވާ ޝަހުދު އިބްރާހިމްމަނިކާއި ވިޔަފާރީގައި އިސްކޮށް އުޅޭ މުހައްމަދު އަލީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.