55 ރަށެއްގެ ކައުންސިލު އިމާރާތް އެޅުމަށް 631 މިލިއަންގެ މަޝްރޫއު އާރުސީސީއަށް

މިނިސްޓްރީން ބުނީ، މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށި، އެއް އަހަރު ދުވަހުގެ ތެރޭގައި 55 ރަށުގައި އިމާރާތް އަޅާ ނިންމާނެ ކަމަށެވެ.

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށް 631 މިލިއަން ރުފިޔާ އަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފި އެވެ.

ސިޓީސް މިނިސްޓްރީން ބުނީ، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީ އާއެކު އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށި، އެއް އަހަރު ދުވަހުގެ ތެރޭގައި 55 ރަށުގައި އިމާރާތް އަޅާ ނިންމާނެ ކަމަށެވެ.

ކޮންމެ ރަށެއްގައި އަޅާ އިމާރާތުގެ އަގު ގާތްގަނޑަކަށް 11.5 މިލިއަން ރުފިޔާއަށް އަރާއިރު، މި މަޝްރޫއުގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގިފައިވާ ގޮތުގައި، މި މަޝްރޫއުއަށް ހުޅުވައިލުމުން ބޭރުގެ ދެ ކުންފުންޏެއް ހިމެނޭ ގޮތަށް ޖުމްލަ ހަތަރު ކުންފުންޏަކުން ކުރިމަތިލި އެވެ.

މަޝްރޫއު ހަވާލުކޮށްފައިވަނީ އޭގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހެޅި އާރުސީސީއަށެވެ. 

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި 55 ކައުންސިލް އިދާރާ އެޅުމަށް ހަމަޖެހިފައިވާއިރު، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭން އިތުރު 50 ކައުންސިލެއްގެ އިދާރާ ވެސް އިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.