ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕް 24 މީހަކަށް

އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި 24 މީހަކަށް ވަނީ ސްކޮލަޝިޕް ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލަޝިޕް ލިބުނު 17 މީހަކާއި ސްޓިޕެންޑް ލިބުނު ހަ މީހެއްގެ އިތުރުން ޓިއުޝަން ފީ ލިބުނު އެކަކެވެ.

ޒަކާތު ފަންޑުގެ ސްކޮލަޝިޕެއް ލިބުނު މީހަކު --

ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ދޭ ސްކޮލަޝިޕް އަދި ހާއްސަ ސްކޮލަޝިޕް ލިބުނު ފަރާތްތަކަށް ލިޔުުން ހަވާލުކޮށްފި އެވެ.

ޒަކާތު ފަންޑުން 50 ސްކޮލަޝިޕް ދިނުމަށް ހުޅުވާލާފައި ވަނީ މިދިޔަ މޭ މަހުގެ އެވެ. އެއީ، ރާއްޖޭގައި ކިޔަވަން 20 ފުރުސަތެވެ. ނަމަވެސް މިނިސްޓްރީން ބުނީ އެ ލިބުނީ އެންމެ 27 އެޕްލިކޭޝަން ކަމަށެވެ.

އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި 24 މީހަކަށް ވަނީ ސްކޮލަޝިޕް ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް ސްކޮލަޝިޕް ލިބުނު 17 މީހަކާއި ސްޓިޕެންޑް ލިބުނު ހަ މީހެއްގެ އިތުރުން ޓިއުޝަން ފީ ލިބުނު އެކަކެވެ.

އެއީ، ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތަކެވެ. ރާއްޖޭން ބޭރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ އަދި މިސްރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ސްކޮލަޝިޕް ލިބުނު ފަރާތްތަށް ކަނޑައަޅާފައިވަނީ އެކަމަށް ހާއްސަކޮށް ނަގާފައިވާ ގާބިލު ކޮމިޓީއަކުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.