ޔާމީން ހެއްދެވީ ދޮގެއް ކަމަށް ވިދާޅުވެ، ގާނޫނީ ފިޔަވަޅު އަޅަން ވިސްނަވަނީ

އެ ބަޔާނުގައި ވަނީ، ރައީސް މައުމޫނާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކައާ ގުޅިގެން ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން އެމަނިކުފާނު ވިސްނަވަމުން ގެންދަވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް --

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު މައުމޫން އައްބަދުލްގައްޔޫމް ހައްޔަރު ކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ޔާމީން ވިދާޅުވި ވާހަކަތައް މައުމޫން އޮފީހުން ދޮގު ކޮށްފި އެވެ.

"އަދަދު" ނޫހަށް ދެއްވި އިންޓިވިއުއެއްގައި ޔާމީން ވިދާޅުވީ 2018 ވަނަ އަހަރު މައުމޫނާއި ދަރިކަލުން ފާރިޝް މައުމޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު އަތުން ފައިސާ ނަންގަވައިގެން ކަމަށެވެ.

އެވާހަކަތައް ދޮގުކުރައްވައި މައުމޫން އޮފީހުން ރޭ ނެރުނު ބަޔާނެއްގައިވަނީ، ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ރިޝްވަތުގެ ގޮތުގައި އެއްވެސް އެއްޗެއް މައުމޫން ދެއްވާފައި ނުވާނެ ކަމަށެވެ. އަދި، ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރަކީ، ރައީސް މައުމޫނާއި އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

އެ ބަޔާނުގައި ވަނީ، ރައީސް މައުމޫނާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކައާ ގުޅިގެން ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން އެމަނިކުފާނު ވިސްނަވަމުން ގެންދަވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ." އެބަޔާނުގައިވެ އެވެ.

އެ އިންޓަވިއުގައި ޔާމީން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މައުމޫން ރިޝްވަތު ދިން ވާހަކަ ފެންމަތިވުމުން، އެމަނިކުފާނު ހައްޔަރު ނުކޮށް މައްސަލަ ތަހުގީގު ކުރިއަށް ގެންދަން ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ފުލުހުން ގޮސް މޯބައިލް ފޯނާއި ލެޕްޓޮޕް ދިނުމަށް އެދުމުން، ދީފައި ނުވާ ކަމަށާއި، ފަހުން އެތަކެތި ހޯދީ ކޯޓު އަމުރެއް ހޯދައިގެން ކަމަށެވެ.

މައުމޫނަށް އޭރު ކުރި ތުހުމަތުތަކާ ގުޅިގެން ދިފާއު ބިނާކުރެއްވުމުގެ ފުރުސަތު ލިބުނު ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.