ހުޅުމާލޭގެ ސެންޓްރަޕް ޕާކުގައި އިއްޔެ ހުޅުވި މޯލްޑިވްސް ލިވިން އެކްސްޕޯ މިމަހު 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
ހުޅުމާލޭގައި ލިވިން އެކްސްޕޯ ފަށައިގެން ކުރިއަށްދާއިރު، މި އަހަރުވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ލިވިން އެކްސްޕޯގައި ގެދޮރު ވިއްކުމާއި ގެދޮރު ހެދުމަށް ބޭނުންވާ ގިނަ ހިދުމަތްތައް ލިބެން ހުރުމެވެ.
ހުޅުމާލޭގެ ސެންޓްރަޕް ޕާކުގައި އިއްޔެ ހުޅުވި މޯލްޑިވްސް ލިވިން އެކްސްޕޯ މިމަހު 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. މި ފެއާ ހުޅުއްވައި ދެއްވީ މިނިސްޓަ އޮފް ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ ބްރިގޭޑިޔަ ޖެނެރަލް، ރިޓަރަޑް، އަލީ ޒުހައިރު ވެސް ބައިވެރިވަޑައިގަތެވެ.
މި އިވެންޓް އިންތިޒާމު ކުރާ ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު -މުހައްމަދު ހަސަން ވިދާޅުވީ ކާމިޔާބު ކަމާއެކު 13 ވަނަ ފެއާއެއް ހުޅުވިގެންދާއިރު ފެއާ ކުރިއަށްދަނި ސްޕޮންސަރުންގެ އެހީތެރިކަމާއެކުކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ. މި އަހަރުގެ ފެއާގައިވެސް ރާއްޖެ އާއި ބޭރުގެ ގިނަ ކުންފުނިތަކެއް ބައިވެރިވެފައިވެ އެވެ.
މި އަހަރުގެ އިވެންޓުގައި ގެދޮރު ބިނާ ކުރާ ފަރާތްތަކާއި ގެދޮރަށް ބޭނުންވާ ގިނަ ސާމާނު އަދި ގޭގައި ބޭނުންކުރާ ބައެއް ސާމާނު ފޯރުކޮށްދޭ ކުންފުނިތަކުގެ އިތުރުން ފައިނޭންސް ފޯރުކޮށްދޭ ފަރާތްތަކުން ވެސް ބައިވެރިވެފައިވެ އެވެ.