އދ.ގެ ޓެކުހާ ގުޅޭ މާހިރުންގެ ކޮމިޓީގައި ރާއްޖެ ފުރަތަމަ ފަހަރަށް ތަމްސީލުވެއްޖެ

2029 ވަނަ އަހަރާ ހަމައަށް އައްޔަނުކުރެއްވި 25 މެމްބަރުންގެ ކޮމިޓީގައި ރާއްޖެ ތަމްސީލުކުރަން ގުޓެރޭސް ހިމަނުއްވާފައިވަނީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލް މުހައްމަދު އަލީ ވަހީދެވެ.

މީރާގެ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލް މުހައްމަދު އަލީ ވަހީދު.

އދ.ގެ ޓެކުހާ ގުޅޭ މާހިރުންގެ ކޮމިޓީގައި ރާއްޖޭގެ މަންދޫބަކު ފުރަތަމަ ފަހަރަށް ހިމަނައިފި އެވެ. 

"ޔޫއެން ކޮމިޓީ އޮފް އެކްސްޕާޓްސް އޮން އިންޓަނޭޝަނަލް ކޯޕަރޭޝަން އޮން ޓެކްސް މެޓާސް"އަށް ހަތަރު އަހަރުގެ ދައުރަކަށް މެމްބަރުން އައްޔަނުކުރައްވަނީ، ގައުމުތަކުގެ ސަރުކާރުން ހުށަހަޅާ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް އެވެ.

މިގޮތުން، 2029 ވަނަ އަހަރާ ހަމައަށް އައްޔަނުކުރެއްވި 25 މެމްބަރުންގެ ކޮމިޓީގައި ރާއްޖެ ތަމްސީލުކުރަން ގުޓެރޭސް ހިމަނުއްވާފައިވަނީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލް މުހައްމަދު އަލީ ވަހީދެވެ. 

މި ތަޖުރިބާކާރުންގެ ކޮމިޓީން ދުނިޔޭގެ އެކި ގައުމުތަކުގެ އިޖުތިމާއީ، ތިމާވެށި، އަދި އިގްތިސާދީ ތަރައްގީގެ މަގުސަދުތައް ކުރިއަރުވައި، ޓެކްސް ސިޔާސަތުތައް އެކުލަވާލައި، އެ ކަންކަން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް އެހީތެރިވެދޭނެ އެވެ.

އަދި މި ކޮމިޓީން ޑިޖިޓަލް އިގްތިސާދާއި ކްރިޕްޓޯ އެސެޓްތަކުގައި އުފެދިފައިވާ ނުރައްކާތަކާ އެކު ޑަބަލް ޓެކްސް ނެގުން ފަދަ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެކި ގައުމުތަކަށް އަމަލީ އިރުޝާދުތައް ދޭނެ އެވެ.

މީގެ އިތުރުން، ޓެކުހާ ގުޅޭ ބައިނަލްއަގުވާމީ ސިޔާސަތުތައް އެކުލަވައިލުމުގައި އިރުޝާދާއި ލަފާ ދިނުމަކީ ވެސް މި ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

މީރާގެ ޓެކްނިކަލް އަދި ލީގަލް ހެޑްގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ މުހައްމަދު އަލީ ވަހީދު، އދ.ގެ މި ކޮމިޓީގައި ދައުރު ފައްޓަވާނީ އަންނަ އޮކްޓޯބަރު މަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.