އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފައި ވަނީ 2026ގެ ވަގުތީ އެކެޑެމިކް ކަލަންޑަރެކެވެ. އޭގައިވާ ގޮތުން ބޮޑު ޗުއްޓީގެ ގޮތުގައި ގާތްގަނޑަކަށް މަހެއް ލިބެ އެވެ.
އަންނަ އަހަރުގެ ސްކޫލުތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު ލިބޭ ގޮތަށް ބަދަލުކޮށް، އެކެޑެމިކް ކަލަންޑަރު ނެރެފި އެވެ.
ސްކޫލުތަކުގެ ބޮޑު ޗުއްޓި ޖޫން / ޖުލައި މަހަށް ކުރީ ސަރުކާރުން 2021 ވަނަ އަހަރު ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް އެދުވަސްވަރު ވިއްސާރަވުމުގެ ސަބަބުން ޗުއްޓީ ހޭދަކުރުމަށް ދަތުރުފަތުރު ކުރުމަށް ބޮޑެތި ދަތިތަކާ ދިމާވާތީ ބެލެނިވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުރިއެކޭ އެއްގޮތަށް ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރުން ފެށިގެން ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރުގަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފައި ވަނީ 2026ގެ ވަގުތީ އެކެޑެމިކް ކަލަންޑަރެކެވެ. އޭގައިވާ ގޮތުން ބޮޑު ޗުއްޓީގެ ގޮތުގައި ގާތްގަނޑަކަށް މަހެއް ލިބެ އެވެ.
ވަގުތީ ކަލަންޑަރުން ދައްކާ ގޮތުގައި 2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށޭނީ ޖެނުވަރީ 17 ވަނަ ދުވަހު އެވެ.
ޒަމާނުއްސުރެ ރާއްޖޭގައި ސުކޫލު ޗުއްޓީ އަކީ ޑިސެންބަރު މަހެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެރިކަމަށް އައީ ސުކޫލު ޗުއްޓީ އަހަރުގެ މެދަށް ބަދަލު ކުރައްވާނެ ކަމަށް ވައުދުވަމުންނެވެ. އެ ވައުދާއި އެއްގޮތަށް އެ ސަރުކާރުން ވަނީ ސުކޫލު ޗުއްޓީ އަހަރު މެދަށް ބަދަލުކޮށްފަ އެވެ. އެގޮތަށް އޭރު ބަދަލުކުރި އެއް ސަބަބަކީ ރިސޯޓު މުވައްޒަފުންނަށް ދަރިންނާއެކު ޗުއްޓީ ހޭދަ ކުރެވޭނެ ފުރުސަތު ނުލިބުމެވެ.