ރައީސް އޮފީހުން ބުނީ މި ބަދަލާއެކު، މިހާތަނަށް ގަވަނިންގް ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެފައިވާ ކަމަށެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަކޮށް، ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއަކަށް ބަދަލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން މި ބަދަލު ގެނެސްފައިވާކަން ވަނީ އާންމުކޮށް އިއުލާނުކޮށްފަ އެވެ.
ރައީސް އޮފީހުން ބުނީ މި ބަދަލާއެކު، މިހާތަނަށް ގަވަނިންގް ބޯޑެއްގެ ލަފާގެ ދަށުން ހިންގި އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް ހައިސިއްޔަތު ބަދަލުވެފައިވާ ކަމަށެވެ. މިހާރު އެއީ ސީދާ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓު މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޑިޕާޓްމެންޓެކެވެ.
މި ބަދަލު ގެނެސްފައި ވަނީ، އީޕީއޭ އިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އީޕީއޭގެ ނަން ބަދަލުކޮށްފައިވާއިރު، މިއަދު ވަނީ އެތަނުގެ ބާރުތައް ހަނިވާ ގޮތަށް، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ނުވަތަ އީއައިއޭ ހެދުމާ ގުޅޭ ގަވައިދަށް އިސްލާހުތަކެއް ގެނެސްފަ އެވެ. އެ އިސްލާހުތަކުގެ ތެރޭގައި އީޕީއޭއިން ކުރަމުން އައި މަސައްކަތުގެ ބޮޑެތި ބާރުތަކެއް ސަރުކާރަށް ނުވަތަ މިނިސްޓަރަށް ލިބޭނެ އެވެ.