ތުޅާދޫގައި އެއާޕޯޓް އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެއާޕޯޓް މަޝްރޫއު ހުއްޓުމެއްނެތި، ބާރު ސްޕީޑްގައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ތުޅާދޫ އެއާޕޯޓްގެ މަޝްރޫއުގައި ސައިކުރައްވަނީ --

ބ. ތުޅާދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތުޅާދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެއާޕޯޓް މަޝްރޫއު ހުއްޓުމެއްނެތި، ބާރު ސްޕީޑްގައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

ރައީސް ވިދާޅުވީ މަޝްރޫއު ފަށާފައި އެވަނީ ކުރީ ސަރުކާރުން ހަދާފައިވާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) އާ އެއްގޮތަށް ކަމަށެވެ. އެ އީއައިއޭގައި އޮތީ ފަޅު ތެރެއިން ވެލި ނަގައިގެން، ކަޓާ ސަކްޝަން ޑްރެޖާ ކޮންސެޕްޓަށް މަސައްކަތް ކުރިއަށް ގެންދާ ގޮތަށެވެ.

ނަމަވެސް ރައީސް ވިދާޅުވީ އެއީ މުޅިން ރަގަޅު ގޮތެއް ނޫން ކަމަށާއި، އެހެންކަމުން އެކަމަށް ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގެންނާނެ ބަދަލަކީ މަޝްރޫއު މިހާރު ފެށިގެންދާ ދިއުމުގެ ތެރޭގައި މި ފަޅުން ބޭރުން އެހެން ތާކުން ވެލި ނަގައިގެން، ކޮޕާ ޑްރެޖިން، އެއީ ފަޅު ތެރެއިން ކަޓާ ސަކްޝަން ނުޖައްސާ ކޮޕާ ޑްރެޖާ ބޭނުންކޮށްގެން ކުރާ ގޮތަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ ސަބަބުން ފަޅުތެރެއިން ވެލި ނެގުން ހުއްޓި، މަޝްރޫއު އެތައް ތަނަކުން އަވަސްވެގެން ދާނެ ކަމަށެވެ.

ތުޅާދޫގައި އެއާޕޯޓް އަޅަން ކުރީ ސަރުކާރުން ހިއްކަން ނިންމާފައި ވަނީ 44.70 ހެކްޓަރެވެ.

ތުޅާދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުތަކުން ވާހަކަދައްކާތާ އަހަރުތަކެއް ވެއްޖެ އެވެ. މީގެ ފަސްވަރަކަށް އަހަރު ކުރިން އެ މަޝްރޫއު ހިންގަން އިއުލާނުތައް ކުރި ނަމަވެސް، ތަރުހީބެއް ނުލިބެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.