ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް އާރްޑީސީއަށް

ޖުމްލަ 50 އެނދުގެ މި ހޮސްޕިޓަލްގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 181.7 މިލިޔަން ރުފިޔާއަށެވެ. އެއްބަސްވެފައި ވަނީ 540 ދުވަހުގެ ތެރޭގައި އާރްޑީސީން މަސައްކަތް ނިންމާ ގޮތަށެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރުން --

ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ އޭދަފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

ހޮސްޕިޓަލްގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.

ޖުމްލަ 50 އެނދުގެ މި ހޮސްޕިޓަލްގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 181.7 މިލިޔަން ރުފިޔާއަށެވެ. އެއްބަސްވެފައި ވަނީ 540 ދުވަހުގެ ތެރޭގައި އާރްޑީސީން މަސައްކަތް ނިންމާ ގޮތަށެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަކީ އެއަތޮޅުގެ ގިނަ ރައްޔިތުން ހިދުމަތް ހޯދާ މައި ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުގެ އާ އިމާރާ ނިމުމުން އާބަން ސެންޓަރުތަކުގައި ހުންނަ ފެންވަރުގެ ސިއްހީ ހިދުމަތްތައް އެތަނުން ލިބޭނެ ކަމަށް ރައީސް ރޭ ވިދާޅުވެފައިވެ އެވެ.

މިއަދު ހެނދުނު ވަނީ އެ ހޮސްޕިޓަލުގެ މެމޮގްރަފީގެ ހިދުމަތް ވެސް ފަށައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.