ރިސޯޓުގެ މަތިން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހުޅުގަނޑު ހުރީ ވަރަށް ބޮޑަށް ހިފާފަ އެވެ. އޮލަ ދުމާއެކު ވޯޓާ ވިލާ ރޯވެ އަނދަމުންދާ މަންޒަރު ފެނެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު 10:52 ހާއިރު ކަމަށެވެ. އެޔާއެކު ފަޔާމަނުންގެ ޓީމެއް ދަނީ އެ ރިސޯޓަށް ދަތުރުކުރަމުންނެވެ.
މިވަގުތު އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުން ދަނީ އެ ރިސޯޓުގެ ފަޔާ ޓީމަކާއި އިތުރު މުވައްޒަފުންނެވެ.
ރިސޯޓުގެ މަތިން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހުޅުގަނޑު ހުރީ ވަރަށް ބޮޑަށް ހިފާފަ އެވެ. އޮލަ ދުމާއެކު ވޯޓާ ވިލާ ރޯވެ އަނދަމުންދާ މަންޒަރު ފެނެ އެވެ.