15 އަހަރުތެރޭ އެންމެ ގިނައިން ޓެކްސް ދެއްކި ލިސްޓަށް އިތާފުށީ އެރީ ހަ އަހަރުން

ރާއްޖެއަށް އެންމެ ގިނައިން ޓެކްސް ދެއްކި ފޮރިން އިންވެސްޓްމަންޓްތަކުން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ރަންދެލި ރިސޯޓާއި ރީތިރަށް ރިސޯޓުވެސް ހިމެނެ އެވެ. މި ރިސޯޓްތައް ހިންގަމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.

ގިނަ މުވައްޒަފުންނާއެކު ބޮޑު ސާވިސް ޗާޖެއް ދިން އިތާފުށި ރިސޯޓް -- އިތާފުށި

ޓެކްސް ނަގަން ފެށިތާ 15 އަހަރު ފުރުމާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ޓެކްސް ދެއްކި "ރަން ފަނަރަ" ހޮވިއިރު، ހުޅުވިތާ އެންމެ ހަ އަހަރުވީ އިތާފުށި ރިސޯޓް މި ލިސްޓަށް އަރައިފި އެވެ. 

ރާއްޖޭގައި ހިންގާތާ އެތަށް ޒަމާންވީ ދިގު ތާރީހެއް އޮތް ގިނަ ކުންފުނިތަކެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޮވައި "ރަން 15" ލިސްޓުގައި ހިމެނިފައިވެ އެވެ. 

އޭބީސީޑީ ތަރުތީބުން އަަތުތާލާފައިވާ މި ލިސްޓުގައި މިދިޔަ 15 އަހަރު ތެރޭ ރާއްޖޭގައި ވިޔަފާރިކޮށް އަދި އެތައް ބިލިއަން ޑޮލަރެއްގެ ޓެކްސް ދެއްކި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފޮރިން އިންވެސްޓްމަންޓުގެ ގޮތުގައި ހިމެނިފައިވަނީ ރީތި ރަށް ރިސޯޓާއި އިތާފުށި އިންވެސްޓްމެންޓް އަދި އައި އެންޑް ޓީ މެނޭޖްމަންޓް ކުންފުންޏެވެ. މިގޮތުން އައި އެންޑް ޓީ މެނޭޖްމަންޓް ކުންފުންޏަކީ ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ޝެވަލްބްލޮންކް ރަންދެލި ރިސޯޓް ހިންގާ ކުންފުންޏެވެ. 

އިތާފުށި ރިސޯޓުގެ އޯނަރުން

މި ލިސްޓުގައި ހިމެނިފައިވާ ރަންދެލި ރިސޯޓާއި ވަން އެންޑް އޮންލީ ރީތި ރަށަކީ ހިންގާތާ ގިނަ ދުވަސްވީ ރިސޯޓް ތަކެވެ. މިގޮތުން ރީތިރަށް ރިސޯޓުގައި ދިވެހިންގެ ހިއްސާ ހިމެނެ އެވެ. އިތާފުށި އިންވެސްޓްމަންޓުގެ ދަަށުން ހިންގާ ވޮލްޑޯފް އެސްޓޯރިއާއަކީ މެދުއިރުމަތީގެ މަހުޖަނަކާއި ރާއްޖޭގެ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ހިންގަވާ ރިސޯޓެކެވެ. މި ރިސޯޓް ހުޅުވިތާ ހަ އަހަރު ވެފައިވާއިރު މި ރިސޯޓް މިހާރު ވެފައިވަނީ ރާއްޖެއަށް އެންމެ ގިނައިން ޓެކްސް ދައްކާ އެއް ރިސޯޓަށެވެ. އަދި ދުނިޔޭގެ އެންމެ މަޝްހޫރު ސެލެބްރިޓީން އަންނަ އެއް ރިސޯޓަށެވެ. 

އިތާފުށި ކުންފުންޏަށް މީރާއިން އެވޯޑް ހަވާލު ކޮށްދެއްވަނީ

ގިނައިން ޓެކްސް ދެއްކި 15 ކުންފުނި

  •  ބޭންކް އޮފް މޯލްޑިވްސް
  •  ދިރާގު
  •  އައި އެންޑް ޓީ މެނޭޖްމަންޓް
  •  އިތާފުށި އިންވެސްޓްމެންޓް
  •  ކާސާ ހޯލްޑިންގްސް
  •  ކުރެއްދޫ ހޯލްޑިންގްސް
  •  މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)
  •  އުރީދޫ މޯލްޑިވްސް
  •  ގަތަރު އެއާވޭސް
  •  ރީތި ރަށް ރިސޯޓް
  •  ސްޓޭޓް ބޭންކް އޮފް އިންޑިއާ
  •  އެސްޓީއޯ
  •  ޓީއެމްއޭ
  •  ޔުނިވާސަލް އެންޓަޕްރައިސަސް
  •  ވިލާ ޝިޕިން އެންޑް ޓްރޭޑިން

އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކުގެ ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ކުންފުނި ކާސާ ހޯލްޑިންގްސް އާއި ޔުނިވާސަލް އެންޓަޕްރައިސަސް އަދި ކުރެއްދޫ ހޯލްޑިންގްސް އަދި ވިލާ ޝިޕިން އެންޑް ޓްރޭޑިން ވެސް ހިމެނިފައިވެ އެވެ. މި ކުންފުނިތައް މި ލިސްޓަށް އެރިއިރު މީގެ ގިނަ ކުންފުނިތަކުން އެވްރެޖުކޮށް 5-10 ރިސޯޓް ހިންގަމުން ގެންދެ އެވެ. 

ރާއްޖެއަށް އެންމެ ގިނައިން މިދިޔަ 15 އަހަރުތެރޭ ޓެކްސް ދެއްކި 15 ކުންފުންޏަކީ 2011 ވަނަ އަހަރުން ފެށިގެން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.