އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު، އާސަހަރާ މިސްކިތުގަ އެވެ.
މާވަށުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު މަރައިލި އެރަށު ނަލަހިޔާ، މޫސާ އިބްރާހިމް 29،ގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު އަނބުރާ ރާއްޖެ ގެނެސްފި އެވެ.
އޮޓޮޕްސީ ހެދުމަށް މޫސަގެ ހަށިގަނޑު ގެންދިޔައީ އިންޑިއާއަށެވެ. އޮޓޮޕްސީއަށްފަހު ހަށިގަނޑު ރާއްޖެ ގެނެސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހު، އާސަހަރާ މިސްކިތުގަ އެވެ.
މޫސަގެ ކަރަށް ވަޅި ޖަހައި މަރާލިކަމުގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް، 29، ވަނީ ހައްޔަރުކޮށްފަ އެވެ.
މޫސަގެ ކަރަށް ހެރި ވަޅި ފުލުހުން ހޯދާފައި ވަނީ މޫދު އަޑިންނެވެ. ހަމަލާ ދީފައި ވަނީ އެ ދެ މީހުންގެ މެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިންނެވެ. މާރާމާރީ ހިންގާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.
މުހައްމަދު އިބްރާހިމް މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.