ބާރު ސްޕީޑުގައި ދުއްވި ކާރެއް ހުއްޓުވަން އުޅުމުން ފުލުހުންގެ ސައިކަލުގައި ޖައްސައިފި

އެ ކާރު ފަހަތުން ދިޔަ ފުލުހުންގެ ސައިކަލުގައި ވަނީ ޖައްސައި، ވައްޓާލައިފަ އެވެ. ފުލުހުން ބުނީ ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަން

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ކާރެއް ހުއްޓުވަން އުޅުމުން ފުލުހުންގެ ސައިކަލުގައި ޖައްސައި ހަމަލާ ދިން ބަޔަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ފޭސް އެކެއްގައި، ބާރު ސްޕީޑުގައި އެ ކާރު ދުއްވަމުން ދަނިކޮށް މަޑުކުރަން އެންގި ކަމަށެވެ. ނަމަވެސް ފުލުހުންގެ ބަހަށް އިޖާބަ ނުދީ ފޭސް އެކަކުން ފޭސް އެކަކަށް ދުއްވަމުން ދިޔަ ކަމަށާއި އެ ކާރު ފަހަރުން ފުލުހުންގެ ސައިކަލެއް ގޮސްފައިވާ ކަމަށެވެ.

އެ ކާރު ފަހަތުން ދިޔަ ފުލުހުންގެ ސައިކަލުގައި ވަނީ ޖައްސައި، ވައްޓާލައިފަ އެވެ. ފުލުހުން ބުނީ ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެއް ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކާރު ދުއްވި ފިރިހެން މީހާއާއި އެ ކާރުގައި އިން އަންހެނަކު ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އަންހެން މީހާ ވަނީ ފަހުން ދޫކޮށްލާފަ އެވެ.

ހައްޔަރު ކުރީ ހ. ފިލިމާގޭ އުމުރުން 18 އަހަރުގެ އައިކް ހައިޝަމް ހަސަން އެވެ. އޭނާގެ ބަންދާމެދު އަދި ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.