ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މައުލޫމާތު ތަކެއް ލިބިގެންދާ މޯލްޑިވްސް ވިޒިޓާސް ސާވޭ އެންމެ ފަހުން ހެދީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ޓޫރިސްޓުން ރާއްޖެ އަންނަ ސަބަބާއި މި ނޫންވެސް މުހިންމު ގިނަ މައުލޫމާތުތަކެއް ލިބިގެންދާ، މޯލްޑިވްސް ވިޒިޓާސް ސާވޭ ހެދުމުގެ ތައްޔާރީތައް ތޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ "މޯލްޑިވްސް ވިޒިޓާސް ސާވޭ" ހެދުމުގެ ގޮތުން މި ސާވޭ ކުރިއަށް ގެންގޮސްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.
މި ސާވޭގައި ރާއްޖެއަށް ޓޫރިސްޓުންނަށް އެވްރެޖުކޮށް ޒިޔާރަތް ކުރާ އަަދަދާއި ޒިޔާރަތް ކުރާ ސަބަބު ދެކެގަންނާނެ އެވެ. މީގެ އިތުރުން ރިޕީޓާސް އަންނަ އަދަދާއި ޓޫރިސްޓުން ބޭނުންވާ ކަންތައްވެސް ދެނެގަނެ އެވެ. އަދި މިނޫންވެސް ޓޫރިޒަމަށް ބޭނުންވާނެ މުހިންމު ގިނަ މައުލޫމާތުތަކެއް އެއްކުރެ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މައުލޫމާތު ތަކެއް ލިބިގެންދާ މޯލްޑިވްސް ވިޒިޓާސް ސާވޭ އެންމެ ފަހުން ހެދީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.