މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އަލަށް އާއްމުކުރި އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް ދައްކާ ގޮތުން މިދިޔަ މަހު އަގު ދަށްވި ބާވަތްތަކުގެ ތެރޭގައި ތަރުކާރީ ހިމެނެ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަލަށް އާއްމުކުރި އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) ދައްކާ ގޮތުން މިދިޔަ މަހު އެންމެ އަގު އުފުލުނު އެއް ބާވަތަކީ ކޮފީ އެވެ.
އާއްމުކޮށް މީހުން ބޭނުންކުރާ ތަކެތީގެ އަގުތަކަށް އަންނަ ބަދަލު އަންގައިދޭން ނެރެން ފެށި، އަސާސީ ތަކެތީގެ ބާސްކެޓުގެ އަގުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާއި މި މަސް އަޅާ ކިޔާނަމަ ޖުމްލަ އަގުތައް ހުރީ 2.7 ޕަސެންޓުގަ އެވެ. މިދިޔަ މަހު އެންމެ ބޮޑަށް އަގުތައް އުފުލިގެން ދިޔަ އެއް ބާވަތަކީ ކޮފީ އެވެ. ކޮފީގެ އަގުތައް ހުރީ 13.5 ޕަސެންޓު އެވެ. އަދި އަގުތައް އެންމެ ބޮޑަށް ވެއްޓިފައިވާ ތަރުކާރީގެ އަގުތައް -3.7 ޕަސެންޓް ދަށްވެފައިވެ އެވެ. ދެން އެންމެ ބޮޑަށް އަގުަތައް ދައްވިކަމަށް ދައްކަނީ ގޭހާއި ތެލެވެ. މި ބާވަތްތަކުގެ އަގުތައް ހުރީ 1.5 ޕަސެންޓް ދަށުގަ އެވެ.
މިދިޔަ މަހު އަގުތައް ދަށަށް ގޮސްފައިވަނީ ސައިފަތް އަދި ފެނާއި ކައްކާ ގޭހެވެ. އަދި އެންމެ ބޮަޑަށް އަގު ދަށްވީ ތަރުކާރީ އެވެ. ތަރުކާރީގެ އަގުތައް 3.7 ޕަސެންޓް ދަށްވެފައިވާ ކަމަށް އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް އިން ދައްކަ އެވެ.