މި ރަށްރަށުގެ މަގުތައް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
ޒަމާނީ ފެންވަރަށް 11 ރަށެއްގެ މަގުތައް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި، އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.
ޒަމާނީ ފެންވަރަށް މަގު ހެދުމަށް ހަވާލުކޮށްފައިވާ ރަށްތަކަކީ؛
މި ރަށްރަށުގެ މަގުތައް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.