މާފުށީގައި ޕޭސްޓްރީ ކޯހެއް ހިންގައިފި

ގާތްގަނޑަކަށް 20 އަށްވުރެ ގިނަ ބައިވެރިން ކޯސް ފުރިހަމަ ކުރި ކި ޕޭސްޓްރީ ކޯހުގައި ކިޔަވާ ދީފައިވަނީ ޝެބީގެ ފަރާތުން ފާތުމަތު ޝަބީހާ އާއި ފާތުމަތު ޖަމީލް އެވެ.

މާފުށީގައި ހިންގި ޕޭސްޓްރީ ކޯހުގެ ތެރެއިން

ކ. މާފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާ (ޑަބްލިއުޑީސީ) އިން އެ ރަށުގައި ޕޭސްޓްރީ ކޯހެއް ހިންގައިފި އެވެ. 

މާލޭގައި ޕޭސްޓްރީ ކޯސް ހިންގަން ފަށައި މިހާރު މަޝްހޫރު ވަމުން އަންނަ ޝެބީގެ ޕޭސްޓްރީ ދަސްކޮށްދޭ އިންސްޓްރަކްޓަރުން ކުރިއަށް ގެންދިޔަ ހަތަރު ދުވަހުގެ މި ކޯހުގައި އެ ރަށުގެ ގިނަ ބަޔަކު ބައިވެރި ކޯސް ފުރިހަމަ ކުރި އެވެ. 

މާފުށި ޑަބްލިއުޑީސީ އިން ބުނި ގޮތުގައި މި ކޯސް ބޭއްވުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބިފައިވަނީ އެ ރަށު ކައުންސިލުންނެވެ. 

މި ކޯސް ނިންމުމުގެ ގޮތުން މާފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ކޯސް ފުރިހަމަ ކުރި ބައިވެރިންގެ ހުނަރުވެރިކަން ދައްކާލާފަ އެވެ. ގާތްގަނޑަކަށް 20 އަށްވުރެ ގިނަ ބައިވެރިން ކޯސް ފުރިހަމަ ކުރި ޕޭސްޓްރީ ކޯހުގައި ކިޔަވާ ދީފައިވަނީ ޝެބީގެ ފަރާތުން ފާތުމަތު ޝަބީހާ އާއި ފާތުމަތު ޖަމީލް އެވެ.

މި ކޯހުގެ ބައިވެރިން ބުނެފައިވާ ގޮތުގައި މި ކޯހުގެ ސަބަބުން ޓޫރިޒަމް ވިޔަފާރި ފުޅާދާއިރާއެއްގައި އޮތް މާފުށީގައި އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ވަނީ ފަހި ވެގެން ގޮސްފަ އެވެ. 

ޝެބީއިން މި ފަހަރު ހިންގި ކޯސްތަކާއެކު މިކަމަށް އޮތް ޝައުގުވެރިކަމަށް ބަލައި ކުރިމަގުގައި ކޭކް ބޭސިކް އަދި އެޑްވާންސް ކޯހުގެ އިތުރުން ކުކަރީ ކްލާސްތައްވެސް ފަށަން ދަނީ ތައްޔާރުވަމުންނެވެ. އަދި މިހާރު އަންނަ ޑިމާންޑަށް ބަލައި ރާއްޖޭގެ އެކި ހިސާބުގައި މި ކޯސްތައް ހިންގަން ދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.